އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހަށް އިތުރުކޮށްފިއެވެ.

މި މުއްދަތު މިއަދަށް ހަމަވާން އޮތް ނަމަވެސް މިނިސްޓަރ އޮފް ހެލްތު އަހްމަދު ނަސީމް ސޮއިކުރައްވާފައިވާ ގަރާރަކުން މި މުއްދަތު ވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. މިއީ ކޮވިޑް 19 އާ ގުޅިގެން އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރި ދިހަވަނަ ފަހަރެވެ.

މި ގަރާރުގައި ބުނެފައިވަނީ މިދިޔަ މާޗް މަހު އިއުލާންކުރެވުނު އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަދިވެސް އެބައޮތް ކަމަށާއި އެ ނުރައްކާ ކުޑަކޮށް ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާދެއްވާފައިވާ ކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ މިދިޔަ މާޗު 12 އިން ފެށިގެން 30 ދުވަހަށެވެ.

ރާއްޖޭގައި 13،143 މީހަކަށް ކޮވިޑް ޖެހިފައިވާއިރު އޭގެތެރެއިން 12،199 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށް އެޗްޕީއޭގެ އެންމެފަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިފަހުން ރާއްޖޭގެ ދުވާލެއްގެ މައްޗަށް ޕޮސިޓިވްވާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން ދަށްކުރެވިފައެވެ. އަދި މީގެކުރިން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިތަކެއް ވެސް ސަރުކާރުން ވަނީ ދީފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.