ދުނިޔޭގެ އެންމެ މަޝްހޫރު އެއް އެއަރލައިން ކަމަށްވާ ބްރިޓިޝް އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފިއެވެ.

ކުރިން ހަފްތާއަކު ތިން ދަތުރުކުރި ނަމަވެސް، ބްރިޓިޝް އެއަރވޭސްއިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާއި ލަންޑަންގެ ހީތުރޯ އެއަރޕޯޓާއި ދެމެދު މިހާރު ކޮންމެ ދުވަހަކުވެސް ދަތުރުތައް ބާއްވާނެއެވެ. މިއަދު އަލުން ދަތުރު ފަށާފައިވާއިރު، ފުރަތަމަ ފްލައިޓްގައިވެސްް 250 މީހުން އައިސްފައިވެއެވެ. 

ބްރިޓިޝް އެއަރވޭސްއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. އެ އެއަރލައިންގެ ދަތުރުތައް ފުރަތަމަ ފަހަރަށް ހުއްޓާލީ ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެންނެވެ. ދެވަނަ ފަހަރަށް ހުއްޓާލީ އިނގިރޭސިވިލާތް ދެ ވަނަ ލޮކްޑައުންއަކަށް ދާންޖެހުމާއި ގުޅިގެންނެވެ.

ރާއްޖޭގެ ބޯޑަރު ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލި ފަހުން މިހާތަނަށް އިނގިރޭސިވިލާތުން ރާއްޖެއަށް 5،035 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އިނގިރޭސިވިލާތަކީ މިހާރު ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.