މާލޭގައި ހިންގަމުންދިޔަ ބިއުޓީ ސެލޫނަކުން 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މިއީ ފުލުހުންގެ އިންޓެލިޖެންސައް ލިބުނު މައުލޫމާތަކާއި ގުޅިގެން މި މަހުުގެ 2 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެކެވެ. މި މީހުން ހައްޔަރު ކޮށްފައިވަނީ ކޮންކަހަލަ މައްސަލައަކާއި ގުޅިގެން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ ބިދޭސީ 2 އަންހެނުންނާއި 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.