ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށްޓަކައި ބޮމުގެ ހަމަލާ ދިން ފަރާތްތައް ހޯދައި، ހައްގު އަދަބު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވާ އިހްލާސްތެރި މަސައްކަތާ ދޭތެރޭ އެއްވެސް އިރަކު ޝައްކު ނުކުރައްވާ ކަމަށް ދިއްގަރު ދާއިރާގެ މެންބަރ އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

މެންބަރ އިކްރާމް ކުރެއްވި ޓްވީޓެއްގައި ވަނީ، ރައީސް ސޯލިހް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތައުރީފު ކުރައްވާފައެވެ. އެގޮތުން ބޮމުގެ ހަމަލާ ދިން މީހުން ހޯދާ ހައްގު އަދަބު ދިނުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތް ތައުރީފު ކުރެއްވުމުގެ އިތުރުން، އިކްރާމް ވިދާޅުވީ، ރައީސް ސޯލިހް ގެންދަވަނީ ކޮވިޑް-19 ވަޒީފާތައް، ޕީއެސްއައިޕީ ޕްރޮޖެކްޓުތައް އަދި އިގްތިސޯދު މެނޭޖްކުރައްވަމުން ކަމަށެވެ.

އެމްޑީޕީ އެކުގައި ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް

ރައީސް ނަޝީދާސް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައީސް ސޯލިހް ކުރައްވަ މަސައްކަތަށް މެންބަރ އިކްރަމް ތައުރީފް ކުރައްވާފައިވާއިރު، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ އެކަމުގެ އެންމެ ފަހުގެ ތަފްސީލުތައް ހާމަ ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެ މައްސަލާގައި 8 މީހެއްގެ ތަހުގީގު ހިންގަމުން ދާއިރު 4 މީހެއްގެ ތަހުގީގު ނިންމައި، ދައުވާ ކުރަން ވަރަށް އަވަހަށް ފޮނުވާނެ ކަމަށެވެ.

މި މައްސަލާގައި ހައްޔަރު ކުރި މީހުންގެ ތެރެއިން 5 މީހެއްގެ ވަނަވަރު މިހާރު ވަނީ އާންމު ކޮށްފައެވެ. އެއީ، މުއާޒް އަހުމަދާއި ތަހުމީން އަހުމަދާއި އަދުހަމް އަހުމަދު ރަޝީދުގެ އިތުރުން އަހުމަދު ފާތިހުއާއި އަލީ ހައިޝަމްއެވެ. މި 5 މީހުން ވެސް މިވަގުތު ތިބީ، ފުލުހުންގެ ބަންދުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.