ފުވައްމުލައް ސިޓީ ފޮޓޯ: ޓްރިޕް އެޑްވައިޒަރ

ޏ. ފުވައްމުލަކުގައި ޖޫން 26 ވަނަ ދުވަހުގު ހަވީރުގެ ވަގުތުގައި ހިނގާފައިވާ މާރާމާރީއަކާއި ގުޅިގެން އެއްވެސް މައުލޫމާތެއް އިނގޭ ފަރާތެއް ވާނަމަ އެމައުލޫމާތެއް ފުލުހުންނާއި ހިއްސާކުރުމަށް އެދިއްޖެއެވެ.

ފުވައްމުލަކުގައި މި މާރާމާރީ ހިންގާފައިވަނީ ދިގުވާނޑު އަވަށުގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ ނަރުދަމާ ޕަންޕު ސްޓޭޝަން ކުރިމަތިން، މުޙައްމަދު ޖަމާލުއްދީން ނައިބު ތުއްތު މަގުގައެވެ.

އެގޮތުން، މި މާރާމާރީއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ، ނުވަތަ މަންޒަރު ދުށް ފަރާތެއް ވާނަމަ، ނުވަތަ އެ މާރާމާރީއާ ގުޅޭ ފޮޓޯ/ވީޑިއޯ ހުރި ފަރާތެއް ވާނަމަ، ޏ. ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792803 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ފުލުހުން އެދިފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.