ރަޝިއާގެ ވެރިރަށް މޮސްކޯގައި ދިރިއުޅޭ ރައްޔިތުންނަށް ކޮވިޑް 19 ގެ ވެކްސިން ދޭން ފަށައިފިއެވެ. އެގައުމުގެ ރައްޔިތުންނަށް ދެމުންދަނީ އޮގަސްޓް މަހުގެ ތެރޭގައި އެގައުމުގައި އުފެއްދި ސްޕަޓްނިކް ފައިވް ވެކްސިންއެވެ. 

މި ވެކްސިން އުފެއްދި ފަރާތްތަކުން ވަނީ މިއީ 95% ކާމިޔާބު ވެކްސިންއެއް ކަމަށާއި އަދި މި ވެކްސިންގެ ސަބަބުން މާ ބޮޑު ސައިޑް އިފެކްޓްތަކެއް ފެނިފައިނުވާ ކަމަށް ހާމަކޮށްފައެެވެ. އެހެން ނަމަވެސް އަދިވެސް މި ވެކްސިންގެ ޓެސްޓްތައް އަންނަނީ ކުރަމުންނެވެ. 

ވެކްސިން ޖެހުމަށް މިހާރު ވެސް އެތައް ހާސް ބަޔަކު ރެޖިސްޓަރ ވެފައިވާއިރު ރަޝިއާއަށް މި ވެކްސިންގައި އުފެއްދިފައިވަނީ ކިތައް ޑޯޒްކަމެއް އެގައުމުން ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް މިއަހަރު ނިމުމުގެ ކުރިން ވެކްސިންގެ ދެ މިލިއަން ޑޯޒް އުފެއްދޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. ގާތްގަނޑަކަށް 13 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މޮސްކޯއިންގެ މޭޔަރު ވަނީ އެންމެ ފުރަތަމަ ވެކްސިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ސިއްޚީ ހިދުމަތްތެރިންނާއި އިޖްތިމާއީ މަސައްކަތްތެރިންގެ އިތުރުން ސްކޫލްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ކަމަށް ވިދާޅުވެފައެވެ. 

އެހެން ނަމަވެސް މިދިޔަ 30 ދުވަހުގެ ތެރޭގައި އިންޖެކްޝަނެއް ޖަހާފައިވާ މީހުންނާއި ނޭވާލާ ނިޒާމުގެ ބަލި ހުންނަ މީހުންގެ އިތުރުން ދިގު މުއްދަތަކަށް ބޭސްކުރަމުންދާ ފަރާތްތަކަށް މި ވެކްސިން ދިނުމަށް ހަމަޖެހިފައެއް ނުވެއެވެ. 

މިހާތަނަށް ރަޝިއާގެ 2.38 މިލިއަން މީހުންނަށް މި ބަލި ޖެހިފައިވާއިރު އެގައުމުން ވަނީ 41،730 މީހުން މި ބަލީގައި މަރުވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.