ވެހި ސަރުކާރަށް އޮޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑެވެލޮޕްމަންޓް (އޮފިޑް) ލޯން އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން ޑިޒައިން ބިލްޑް އުޞޫލުން 19 ރަށުގައި އައިލެންޑް ރިސޯސް ރިކަވަރީ ސެންޓަރު ގާއިމު ކުރުމަށް ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދުމުގެ މަތިން 19 ރަށެއްގައި މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ވަނީ ޝަރުތު ހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.
ފިނޭންސްސުން ކުރި އިއުލާނުގައި ބުނީ، މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ މަތިން ކަމަށާއި، މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށެވެ.
މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ،ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށްވާއިރު، ރާއްޖެއިންބޭރު ކުންފުނިތަކުން "ޢިމާރާތްކުރުމުގެ އިމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައި މި މަރުހަލާގައި ރަޖިސްޓްރީ ވާން ނުޖެހޭނެ ކަމަށްވެސް ފިނޭންސުން ބުނެއެވެ.
ނަމަވެސް، ފިނޭންސުން ބުނީ، ރާއްޖޭން ބޭރު ކުންފުނިތަކުން "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ލިޔެކިއުންތައް ބީލަމާއެކު ހުށަހަޅަން ވާނެ ކަމަށާއި، އަދި "އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދާ" ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގެ ދަށުން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވޭނެކަން ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެއް ކަމަށެވެ.
މިބީލަމުގައި ބައިވެރިވެވޭނީ އެރަޖިސްޓަރީގެ GC01ގެ ގްރޭޑް 1، GC01ގެ ގްރޭޑް 02 ، GC01ގެ ގްރޭޑް 03 ، GC01ގެ ގްރޭޑް 04 އަދި GC01ގެ ގްރޭޑް 05 އަށް ޝަރުތުހަމަވެފައިވާ ކޮންޓްރެކްޓަރުންނަށް ކަމަށްވާއިރު، މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 4 ޖުލައި 2021 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އައިލޭންޑް ރިސޯސް ސެންޓަރު ގާއިމުކުރަން ހުޅުވާލާ 19 ރަށް:
- ހއ.މާރަންދޫ،
- ހއ. އުލިގަމް،
- ހއ. މޮޅަދޫ،
- ހއ. ތަކަންދޫ،
- ހއ. މުރައިދޫ
- ހއ. ދިއްދޫ
- ހދ. ނޮޅިވަރަން،
- ހދ. ކުމުންދޫ،
- ހދ. ވައިކަރަދޫ،
- ހދ. މަކުނުދޫ،
- ހދ. ފިނޭ،
- ހދ. ހިރިމަރަދޫ
- ހދ. ކުރިނބީ
- ށ. ބިލަތްފަހި،
- ށ. ފީވައް،
- ށ. ފޭދޫ،
- ށ.ކަނޑިތީމު،
- ށ. ޅައިމަގު އަދި
- ށ. ނޫމަރާ
މި މަސައްކަތަށް ބީލަންތައް ހުޅުވުން އޮންނާނީ 15 އޮގަސްޓް 2021 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.