ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ފުލުހުންގެ ހިދުމަތުގެ ބިލު ގާނޫނަކަށް ވުމުން އެ މުއައްސަސާއިން މީގެ ކުރިން ދުވަހަކު ވެސް އައިސްފައި ނުވާ ފަދަ ކުރިއެރުން ލިބޭނެ ކަމަށް އެމްޑީޕީ އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ސުޕް މެޖޯރިޓީ އޮތް އެމްޑީޕީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ ރައްކާތެރިކަމާއި އަމަން ބެލެހެއްޓުމާއި އަދި ޖިނާއީ އަދުލުގެ ނިޒާމުގެ މުހިއްމު ބައިވެރިއަކަށް ފުލުހުންގެ މުއައްސަސާ ވާއިރު، އެ މަތިވެރި ހިދުމަތަކީ އެންމެހައި ރައްޔިތުންނަށް އެކަމުގެ އިތުބާރު އޮންނާނޭހެން ދެވޭ ހިދުމަތަކަށް ވާންޖެހޭ ކަމަށެވެ. އަދި އެ މުއައްސަސާގައި މަސައްކަތްކުރާ ފުލުހުންނަށް ވެސް، ފުލުހުންގެ މައްޗަށާއި ފުލުހުންގެ މުއައްސަސާގެ މައްޗަށް ފުރިހަމަ އިތުބާރު އޮވެގެން މަސައްކަތްކުރާ ތަނަކަށް އެތަން ވާންޖެހޭ ކަމަށާއި އެ ގާނޫނު ތަންފީޒުވެގެންދާއިރު އެކަން ހާސިލުވެގެންދާނެ ކަމަށް އެމްޑީޕީ އިން ބުންޏެވެ.

މީގެ އިތުރުން ފުލުހުންގެ ހިދުމަތުގެ އެންމެހައި ކަންކަން ދުސްތޫރީ ހަމަތަކާއި، ގާނޫނުގެ ހުކޫމަތުގެ ތެރެއިން އަދި އިންސާނީ ހައްގުތަކަށް އިހްތިރާމްކުރެވިގެން ފޯރުކޮށްދެވޭނެ ކަމަށާއި ފުލުހުންނަށް ތަމްރީނާއި ތައުލީމް ދިނުމުގައި ހަމަހަމަ ކަމާއެކު އެ ފުރުސަތު ލިބޭޏެ ކަމަށް ވެސް އެމްޑީޕީ އިން ބުންޏެވެ. 

"...މިއީ ފުލުހުންނަށާއި ފުލުހުންގެ މުއައްސަސާއަށް މީގެ ކުރިން ދުވަހަކުވެސް އައިސްފައި ނުވާފަދަ ހެޔޮ ރަނގަޅު ކުރިއެރުންތަކެއް ހޯދައި ދޭނޭ ގާނޫނެއް،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ފުލުހުންގެ ބިލަކީ ގިނަ ދިރާސާތަކާއި ވުޒާރާތަކާއި މުއައްސަސާތަކާ އެކު މަޝްވަރާކުރެވިގެން، އަދި އާންމުންގެ ހިޔާލުތަކުގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ފުރިހަމަކޮށްފައިވާ ބިލެއް ކަމަށެވެ. އަދި އެމްޑީޕީ އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއްގެ މައްޗަށް، ފުލުހުންގެ މުއައްސަސާ ޑިމޮކްރެޓިކް ވެރިކަމެއްގައި ޕްރޮފެޝަނަލްގޮތެއްގައި ހުނަރުވެރިކަމާއެކު މަސައްކަތްކޮށް، ހިދުމަތްދޭ މުއައްސަސާއަކަށް ހެދުމަށް ހެދޭ ގާނޫނެއް ކަމަށް ވެސް އެމްޑީޕީ އިން ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.