ތިނަދޫ ޑރ.އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް މަރާމާތް ކުރުމުގެ ތެރެއިން -- ފޮޓޯ: އެމްޓީސީސީ

ގދ. ތިނަދޫ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މަރާމާތް ކުރުމުގެ 71 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހިންގާ މި މަޝްރޫއުގެ ދަށުން ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުކޮށް، މަރާމާތް ކުރުމުގެ މަޝްރޫއުގެ ދަށުން އޯޕީޑީ އިމާރާތުގެ  71 ޕަސެންޓް މަސައްކަތް ނިންމާލެވިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން އޯޕީޑީ އިމާރާތާއި، ވިއްސާ ކޮޓަރި ހުންނަ އިމާރާތުގެ ކޮންކްރީޓް، މޭސަނަރީ އަދި ރޫފިންގް މަސައްކަތްތައް ނިމިފައިވާއިރު،  މި މަޝްރޫއުގެ ދަށުން އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތް އެޅުމުގެ އިތުރުން އިމަރޖެންސީ ރޫމް މަރާމާތު ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއަކީ 33.5 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

ސަރުކާރުން ވަނީ ތިނަދޫ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ނިންމާފައެވެ. ރާއްޖޭގެ 5 ހޮސްޕިޓަލެއް ޓާޝަރީ ފެންވަރަށް ބަދަލު ކުރުމަށް ނިންމާފައިވާއިރު، ޖުމްލަ 90 މިލިއަން ރުފިޔާ  އެކަމަށް ވަނީ ބަޖެޓްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.