ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުން -- ފޮޓޯ: ފުލުހުންގެ ހިދުމަތް

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މި ހަމަލާއާ ގުޅިގެން ހައްޔަރު ކޮށްފައިވާ މުއާޒް އަހުމަދާއި ތަހުމީން އަހުމަދު އަދި އަދުހަމް އަހުމަދު ރަޝީދުގެ ބަންދަށް މިމަހުގެ 22 ވަނަ ދުވަހު އިތުރު 30 ދުވަސް ދީފައިވާ ކަމަށެވެ. އަދި މިމައްސަލައިގައި ފުލުހުން ހައްޔަރުކުރި އަހުމަދު ފާތިހުގެ ބަންދަށް މިމިހުގެ 20 ވަނަ ދުވަހު 15 ދުވަސް ދީފައިވާ ކަމަށެވެ.

މީގެ އިތުރުން މި މައްސަލައިގެ ތުހުމަތުގައި މިމަހުގެ 11 ވަނަ ދުވަހު ހައްޔަރު ކުރި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް 27، ގެ ބަންދަށް އިތުރު 15 ދުވަސް މިމަހުގެ 27 ވަނަ ދުވަހު ދީފައިވާ ކަމަށެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދީފައިވަނީ އެމަނިކުފާނު ކުރުނބާގައި އޮތް ބައްދަލުވުމަކަށް ވަޑައިގަންނަވަން، ގެއިން ނިކުމެ ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައިގެންނެވެ. އެމަނިކުފާނުގެ ހަށިކޮޅަށް ލިބުނު ޒަޚަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށްފަހު، މިވަގުތުވެސް ގެންދަވަނީ ޖަރުމަނުގައި ފަރުވާ ހޯދަވަމުންނެވެ. ޖަރުމަނަށް ވަޑައިގެންނެވިފަހުންވެސް ރައީސް ނަޝީދު ވަނީ ގިނަ އޮޕަރޭޝަންތަކެއް ކުރައްވާފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.