އިންޑިއާގެ ނެޝަނަލް އިންޓަރ ސްޓޭޓް ސީނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޖޯޒީ ލައިގެން އިންޑިއާގެ ދުވުންތެރިޔަކު ދުވި މައްސަލައިގައި އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް އަދި އިދިކޮޅި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން (އަނދުން ހުސެއިން) ޝަހީމް ފާޑުވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފޮރިން ސަރވިސްގެ ބިލަށް ކުރެވުނު ބަހުސްގައި ޕީޕީއެމްއަށް ނިސްބަތްވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވާހަކަދައްކަވަމުން ގެންދަވަނިކޮށް އަނދުން ހުސެއިން ވަނީ ނިޒާމީ މައްސަލައެއް ނަންގަވާ ތޮލާލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭރު ޝީޔާމް ދައްކަވަމުން ގެންދެވީ މި ބިލުގެ ސަބަބުން ރާއްޖެއަށް ބޭރު ގައުމުތަކާއި ސަރަހައްދީ ނުފޫޒު ވަދެދާނެ ކަމުގެ ބިރު އޮތް ވާހަކައެވެ.
ނިޒާމީ މައްސަލައެއް ނަންގަވާ އަނދުން ހުސެއިން ވިދާޅުވީ ބޭރުގެ ނުފޫޒު ރާއްޖެއަށް އަތުވާދެވާނެ ކަމަށް ޝިޔާމް ވާހަކަދައްކަވާއިރު، އެ ނުފޫޒު ވަދެފައި އޮތީ ޕީޕީއެމްއަށް ކަމަށެވެ. އެގޮތުން މިދިޔަ ހަފްތާގައި އިންޑިއާގައި ބޭއްވި އެތުލެޓިކްސް މުބާރާތުގައި އިންޑިއާގެ ދުވުންތެރިއެއް ދިވެހި ޖަރޒީ ލައިގެން ދުވި މައްސަލަ އޭނާ ނެންގެވިއެވެ. އަދި އެކަން ކުރެއްވީ ޕީޕީއެމްގެ އެސްޖީ ތޮލާލް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް ތޮލާލް އިންޑިޔާގައި އޮތް ބައިނަލްއަގްވާމީ ދުވުމުގެ ރޭހުގައި އެތުލެޓިކްސް މުބާރާތެއްގައި އިންޑިއާގެ ރައްޔިތަކު ދިވެހި ރާއްޖޭގެ ޖަރޒީ ލައްވައިގެން ދުވެފައި އެކަންކަން ހިންގަވާފަ މާލެ ވަޑައިގަތީ.
އޭނާ ވަނީ ރާއްޖެއަށް އެހެން ގައުމުތަކުގެ ނުފޫޒު ވަންނަ ވާހަކަ ޝިޔާމް ދައްކަވާއިރު ރާއްޖެއަށް ގެއްލުން ލިބޭ ފަދަ ކަންކަން ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އިންޑިއާ އަށް ފޮނުއްވައިގެން ކުރެއްވިކަން ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.
މިކަމާ ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާ އަކާއި ވާހަކަދައްކަވަމުން ތޮލާލް ވިދާޅުވެފައިވަނީ އެގޮތަށް ކަންތައްތައް ކުރެއްވީ ރާއްޖޭގެ ރިލޭ ޓީމުގައި ހިމެނޭ ދުވުންތެރިއެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ކަމަށާއި މުބާރާތުގައި ބައިވެރިވި ދިވެހި ޓީމުގައި ހިމެނޭ ދުވުންތެރިންނަށް ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ.
އިންޑިއާގެ ނުފޫޒް ފޯރުވާނެ ސްޓަންޓެއް މީ ދަރިންނޭ ހޭއަރައި ތިބޭ