ކުރީގެ ނޫޓްތަކަށް ބަދަލު ދެވޭނެ އެންމެ ފަހު ތާރިހަކީ 29 ޖުލައި 2021 ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭ އިން ބުނީ، 1 އޮގަސްޓު 2016 އިން ފެށިގެން ލީގަލްޓެންޑަރ ނޫން ކަމުގައި ކަނޑައަޅާފައިވާ 2، 10، 20، 50، 100 އަދި 500 ރުފިޔާގެ ކަރުދާސް ނޫޓަށް އަދި 1 ޖަނަވަރީ 2018 އިން ފެށިގެން ލީގަލްޓެންޑަރ ނޫން ކަމުގައި ކަނޑައަޅުއްވާފައިވާ 5 ރުފިޔާގެ ކަރުދާސް ނޫޓަށް ބަދަލުދެވޭނެ އެންމެ ފަހު ތާރިހަކީ 29 ޖުލައި 2021 ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ނަންބަރު 2016/6 (21 ޖުލައި 2016) ޤަރާރުން 2، 10، 20، 50، 100 އަދި 500 ރުފިޔާގެ ކަރުދާސް ނޫޓަށް، އަދި ރައީސުލް ޖުމްހޫރިއްޔާގެ ނަންބަރު 2010/7 (27 ޑިސެންބަރު 2017) ޤަރާރުން، 5 ރުފިޔާގެ ކަރުދާސް ނޫޓަށް ބަދަލު ދެވޭނެ އެންމެ ފަހުގެ ތާރީހަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ 31 ޖުލައި 2021 އެވެ.

ނަމަވެސް، 31 ޖުލައި އަކީ ރަސްމީ ބަންދު ދުވަހަކަށްވުމާ އެކު، އެމްއެމްއޭ އިން ވަނީ ކުރީގެ ނޫޓްތަކަށް ބަދަލު ދެވޭނެ އެންމެ ފަހު ތާރިހަކީ 29 ޖުލައި 2021 ކަމަށް ނިންމައި، އެ މުއްދަތުގެ ކުރިން ނޫޓްތަކަށް ބަދަލު ހޯދައި ނިންމުމަށް އިލްތިމާސް ކޮށްފައެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ނަންބަރު 2016/6 އަދި 2017/7 ގަރާރުން ލީގަލްޓެންޑަރ ނޫން ކަމުގައި ކަނޑައަޅުާފައިވާ ކަރުދާސް ނޫޓަށް ބަދަލު ދިނުން ގާނޫނު ނަންބަރު 6781 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 18 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.

ކުރީގެ ކަރުދާސް ނޫޓުތައް ބޭނުންކުރުން ހުއްޓާލާފައިވަނީ “ރަންދިހަ ފަހެއް” ނޫޓް ސީރީޒް ބޭނުންކުރަން ފެށުމާއި ގުޅިގެންނެވެ. ރަންދިހަ ފަހެއް ނޫޓް ސީރީޒް ބޭނުންކުރަން ފަށާފައިވަނީ 26 ޖަނަވަރީ 2016 ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.