ހުސްވެފައިވާ އޮޑިޓަރ ޖެނެރަލްގެ މަގާމަށް ހުސެއިން ނިޔާޒީ އައްޔަނުކުރުމުގެ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ދިރާސާ ކުރަން ފޮނުވައިފިއެވެ.

ކުރިން އޮޑިޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޒިޔާތު އިސްތިއުފާދެއްވުމާއި ގުޅިގެން އެ މަގާމަށް އައްޔަނުކުރުމަށްޓަކައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވީ ހުސެއިން ނިޔާޒީގެ ނަންފުޅެވެ.

ހަސަން ޒިޔާތު މަގާމުން އިސްތިއުފާ ދެއްވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުން މަންފާވި ކަމަށް ތުހުމަތުވާ މީހުންގެ ލިސްޓްގައި އޭނާގެ ނަން ހިމެނުމުންނެވެ. މަގާމުން އިސްތިއުފާ ދެއްވީ އެއީ ތަހުޒީބީ މުޖުތަމައުގައި އަމަލުކުރާ އުސޫލު ކަމަށް ވިދާޅުވެފައެވެ.

މިވަގުތު އެސިސްޓެންޓް އޮޑިޓަރ ޖެނެރަލްގެ މަގާމުގައި ހުންނަވާ ހުސެއިން ނިޔާޒީ އެ މަގާމަށް އައްޔަނުކުރެވުނީ 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. މިވަގުތު އޮޑިޓް އޮފީހުގެ ފައިނޭންޝަލް އޮޑިޓް ޑިވިޝަންގެ އިސްވެރިއަކަށް ހުންނަވާ ނިޔާޒީ އޮޑިޓް އޮފީހުގައި މަސައްކަތް ކުރައްވާތާ 15 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.