ޓައިގާ ޝްރޯފް

ބޮލީވުޑް އެކްޓަރ ޓައިގާ ޝްރޯފް، އޭނާގެ ފޭނުންނަށް އުފާވެރި ޚަބަރެއް ދީފިއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ފޭނުންނަށް ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށްގެންދިޔަ ސެޝަންއެއްގައި ފޭނަކު ވަނީ، ޓައިގާ ބޮލީވުޑަށް ތައާރަފްވެގެން ދިޔަ ފިލްމް "ހީރޯޕާންތީ" ގެ ސީކުއެލް "ހީރޯޕާންތީ 2" ގެ ޝޫޓިންތައް ފަށާ ތާރީޚަކާއި ލޮކޭޝަން އަހާފައެވެ.

އެސުވާލުގެ ޖަވާބުގައި ޓައިގާ ބުނެފައިވަނީ ފިލްމްގެ ޝޫޓިންތައް ފެށުމަށް ހަަމަޖެހިފައިވަނީ މުމްބާއީގައި މިއަދުގެ ވަގުތެއްގައި ކަމަށެވެ.

އެހެން ފޭނަކު ވަނީ ޓައިގާ އެންމެ އެކްސައިޓްވާ ޕްރެޖެކްޓަކީ ކޮބައިތޯ ސުވާލު ކޮށްފައެވެ. އެސުވާލުގެ ޖަވާބުގައި ޓައިގާ ބުނެފައިވަނީ "ހީރޯޕާންތީ 2"، "ގަންޕަތް ޕާޓް 1"، "ރާމްބޯ 1" އަދި "ބާގީ 4" ގެ ނަންބުނެ ވަކި ފިލްމެއްގެ ނަންބުނަން އުނދަގޫ ކަމަށް ބުނެފައެވެ.

ޓައިގާ ޝްރޯފް ބޮލީވުޑަށް ނުކުމެފައިވަނީ 2014 ވަނަ އަހަރެއެވެ. އެހެން ތަރިންނާއި ޚިލާފަށް އޭނާގެ ސްޓަންޓްތަކާއި ނެށުންތައް ހުރިހާ އުމުރުފުރާއެއްގެ މީހުންނަށްވެސް ވަނީ ކަމުގޮސްފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.