ހޯމަ ދުވަހު ރާއްޖޭން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 207 މީހަކު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މައުލޫމާތުތަކުން ދައްކައިފި އެވެ.

އެޗްޕީއޭއިން ބުނެފައިވާގޮތުގައި ގްރޭޓަރ މާލެ ސަރަހައްދުން 104 މީހަކު ޖަހާފައިވާއިރު، އަތޮޅު ތެރެއިން 103 މީހަކަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ.

އެޗްޕީއޭގެ މައުލޫމާތުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވަނީ 741 މީހެކެވެ. އެއީ ގްރޭޓާ މާލެ ސަރަހައްދުން ވެކްސިން ޖެހި 300 މީހަކާއި، އަތޮޅު ތެރެއިން ޖެހި 441 މީހެކެވެ.

އެޗްޕީއޭއިން އާންމުކޮށްފާވާ ތަފާސްހިސާބުތަކުން ސައިނޯފާމްގެ ދެވަނަ ޑޯޒް ޖެހުމަށް މުއްދަތު ހަމަވެ ވެކްސިންގެ ފުރަތަމަ ޑޯޒަށްފަހު ދެވަނަ ޑޯޒް ނުޖަހާ %70 އިންސައްތަ މީހުން އެބަތިއްބެވެ. އަދި އުމުރުން 20 އަހަރާއި 29 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން %39 މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައެއްނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

1 ކޮމެންޓް

  1. ތި ވެކްސިންއަށްވުރެ މާ ރަނގަޅެއްނު ބަލި ޖެހުނީމަ އޭރުން ކަރަންޓީން ވާކަށް ނުޖެހޭ ކުރިން ކީ 2 ޑޯޒް ފުރިހަމަ ކުރީމަ ކަރަންޓީންވާކަށް ނުޖެހެއޭ މިހާރު އަނެއްކަ އެނބުރިއްޖޭ ކަލޭމެންނަށް އަޅެ އެބައިނގޭތަ މި ވާނުވާ މިހަދާ އެއްޗަކުން ދެކަމުއެއްކޮށް ދެވޭނެ

ކޮމެންޓް

Your email address will not be published.