ޔުއެފާ ޔޫރޯގެ ދެވަނަ ބުރުގައި ޖަރުމަނުގެ މައްޗަށް ތާރީހީ މޮޅެއް ހޯދައި ކުއާޓަރ ފައިނަލްގެ ޖާގައެއް އިންގްލޭންޑުން ކަށަވަރުކޮށްފިއެވެ.

ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އިންގްލޭންޑުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިއީ 1966 ވަނަ އަހަރުގެ ފަހުން ފުޓްބޯޅައިގެ ބޮޑު މުބާރާތެއްގެ ނޮކްއައުޓް ބުރެއްގައި ޖަރުމަނުގެ މައްޗަށް އިންގްލޭންޑުން ހޯދި ފުރަތަމަ މޮޅެވެ.

މި މެޗާއި އިންގްލޭންޑް ކުރިމަތިލީ ގްރޫޕް ޑީ ގައި ކުޅުނު ދެ މެޗު ކާމިޔާބުކޮށް އެއް މެޗު އެއްވަރުކޮށް ހަތް ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގެ ގޮތުގައެވެ. ޖަރުމަނު ދެވަނަ ބުރަށް ދިޔައީ ގްރޫޕް އޮފް ޑެތު ގެ ތިންވަނަ ހޯދައި ހުރިހާ ގްރޫޕެއްގެ ތިންވަނަ ހޯދި ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރުނު ހަތަރު ޓީމުގެ ތެރޭގައި ހިމެނިގެންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. އެގޮތުން މި މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައި ދެވަނަ ހާފުގައެވެ. މި ލަނޑު 75 ވަނަ މިނެޓުގައި ލޫކް ޝޯ ނަގައިދިން ހުރަހަކުން ޖަހައިދިނީ ރަހީމް ސްޓާލިންއެވެ. އަދި އިންގްލޭންޑްގެ ދެވަނަ ލަނޑު 86 ވަނަ މިނެޓުގައި ޖަހައިދިނީ ކެޕްޓަން ހެރީ ކޭންއެވެ.

ކުއާޓާ ފައިނަލްގައި އިންގްލޭންޑް ވާދަކުރަން ޖެހޭނީ ޔޫކްރެއިނާއި ސްވިޑެން ބައްދަލުކުރާ ދެވަނަ ބުރުގެ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.