Covid-19

އަންގާރަ ދުވަހު 178 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަ ކޮށްފައިވާ މައުލޫމަތުތަކުން ދައްކާގޮތުން ހޯމަ ދުވަހުގެ އިރުއޮއްސި 6:00 އިން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖޭގައި 5199 ސާމްޕަލް ޓެސްޓުކޮށްފައި ވެއެވެ. އޭގެ ތެރެއިން 178 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ގިނައީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި މީހުންނެވެ.

ކޮވިޑްގެ ކޭސްތައް ރިޕޯޓްކޮށްފައިވާ ގޮތުގެ ތަފްސީލްތައް:

  • ގްރޭޓާ މާލެ ސަރަހައްދުން - 43 ކޭސް
  • އަތޮޅުތެރެއިން - 125 ކޭސް
  • ރިސޯޓުތަކުން - 7 ކޭސް
  • ހަދަމުންދާ ރިސޯޓުތަކުން - 3 ކޭސް

ރާއްޖޭގައި މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 3815 އަށް ދަށްވެފައެވެ. މީގެތެރެއިން ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން އަންނަ މީހުންގެ އަދަދުވެސް ވަނީ 27 އަށް ދަށްވެފައެވެ.

މިއަދާ ހަމަޔަށް އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން 73660 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 69623 މީހުން ބަލިން ރަނގަޅުވެފައި ވާއިރު، ބަލީގައި 210 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.

ކޮވިޑް ކޭސްތައް އިތުރުވެ، ގިނަ ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށް، ކޭސްތައް ދަށްވާން ފެށުމުން ސަރުކާރުން ވަނީ ލުއިތަކެއް ދޭން ނިންމާފައެވެ. އެގޮތުން ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް ކާފިއު ވަގުތު ބަދަލު ކުރުމާއި، ކޮވިޑް ޖހެި ރަނގަޅުވާ މީހުންނަށް 60 ދުވަސް ތެރޭގައި ކަރަންޓީނު ނުވެ ދަތުރު ކުރުމުގެ ހުއްދަ ދިނުމުގެ އިތުރުން ގައިދުރު ކަމާއެކު ޖަމާއަތުގައި ނަމާދު ކުރުމަށް ވެސް ވަނީ ހުޅުވާލާފައެވެ. ހަމައެއާއެކު ކާފިއު ނޫން ވަގުތުތަކުގައި ހުއްދައަކާ ނުލާ ބޭރުގައި އުޅުމުގެ ހުއްދަ ދީފައިވާއިރު އެ ވަގުތުތަކުގައި ވިޔަފާރިތައް ހުޅުވައިގެން ހިދުމަތް ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.