ހެލްތް މިނިސްޓަރ އަހްމަދު ނަސީމް

ވެކްސިން ޖެހި ފަރާތްތަކަށް ލުއި ދެވޭނީ 2 ޑޯޒް ފުރިހަމަކުރާ ނިސްބަތް އިތުރުވުމުން ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ، ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ލުއި ދިނުމަށް ދަތިތަކެއް ދިމާވަނީ ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރާ ނިސްބަތް މަދުވުން ކަމަށެވެ.

މިއާއެކު، އަންނަ ޖުލައި މަހު ރާއްޖެއަށް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އެކްސްޓްރަޒެނިކާ ވެކްސިން އައުމާއެކު، ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރާ ނިސްބަތް އިތުރުވުމުން ކަމަށް މިނިސްޓަރ ނަސީމް ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން މިހާތަނަށް 316،497 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައިވަނީ 188،788 މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.