ކަނޑުމަތިން ހާލުގައި ޖެހުނު ސްރީލަންކާގެ ދެ މަސްބޯޓަކަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ ބޯޓުވެސް ހާލުގައި ޖެހުނީ ސްރީލަންކާ ކައިރިން އުފެދިގެން ދަތުރުކުރަމުންދާ ތޫފާން "ބުރެވި"ގެ އަސަރުކޮށް، މިސްރާބު އޮޅިގެންނެވެ. މި ދެ ބޯޓުވެސް ފެނިފައިވަނީ ހދ.ކުމުންދޫ ބޭރުންނެވެ.

އެމްއެންޑީއެފް އިން ބުނެފައިވާ ގޮތުގައި، މި ބޯޓުތައް ފެނިގެން "މޫސުން 7" ނަމަކަށް ކިޔާ ދޯންޏަކުން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 08:33 ހާއިރުއެވެ. މީގެތެރެއިން "ސެނެ ދުއާ" ނަމަކަށް ކިޔާ ބޯޓުގައި 05 ފަޅުވެރިން ތިބި އިރު "ޖެ ޕްރަސަންސަ ވެ" ބޯޓުގައި 06 ފަޅުވެރިން ތިއްބެވެ. 

މި ދެ ބޯޓުވެސް އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ހދ.ކުޅުދުއްފުށީ ބަނދަރަށް ވަނީ ވައްދާފައެވެ. އެމްއެންޑީއެފް އިން ބުނެފައިވާ ގޮތުގައި އެ ބޯޓުތަކުގައި ތިބި ފަޅުވެރިންގެ ހާލުވެސް މިހާރު ރަނގަޅެވެ. 

މި ބޯޓުތަކާއި ބެހޭ ކަންކަން ސަރުކާރުގެ ކަމާބެހޭ ގުޅުންހުރި އިދާރީތަކާއި ގުޅިގެން ހައްލުކުރަމުންދާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *