މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ އަސްކަރީ ތަމްރީނުގެ ޑެމޮންސްޓްރޭޝަނެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ބައްލަވާލައްވައިފިއެވެ. މި ޑެމޮންސްޓްރޭޝަންތައް ރައީސް ބައްލަވާލެއްވީ ކައްދޫގައި ޤާއިމުކޮށްފައިވާ އެމް.އެން.ޑީ.އެފް ސެންޓްރަލް އޭރިއާގެ މަރުކަޒަށް މިއަދު މެންދުރު ފަހު ވަޑައިގެންއެވެ. 

މިއީ ސިފައިންގެ އަސްކަރީ ގާބިލިއްޔަތު އިތުރުކުރުމުގެ ގޮތުން މިދިޔަމަހުގެ 16 އިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެމް.އެން.ޑީ.އެފްގެ އަސްކަރީ ތަމްރީނުތަކުގައި ސިފައިން ހޯދާފައިވާ ހެވިކަމުގެ ހުނަރުތައް ދައްކާލުމަށް ކުރިއަށްގެންދިޔަ ޑެމޮންސްޓްރޭޝަނެކެވެ. އެގޮތުން، ސިފައިން ވަނީ ކްލޯސް ކުއާޓަރ ބެޓްލް ކޯސް އަދި މާރކްސްމަންޝިޕްގެ ހުނަރުތައް ދައްކާލާފައެވެ.

މި ތަމްރީންތައް ބައްލަވާލެއްވުމަށް ރައީސްގެ އިތުރުން މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އަދި ސިފައިންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ހައްދުންމަތީގެ ދެ ރަށަށް ކުރައްވާ މި ޒިޔާރަތަކީ ސަރުކާރުން ހިންގި ތިން ބޮޑު ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލުން ފާހަގަކުރުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.