ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލ. އަތޮޅުގެ ދެ ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް ސޯލިހު ހައްދުންމައްޗަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ކައްދޫ އަދި ގަމަށް ވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން މިއަދު ކައްދުއަށް ވަޑައިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ސެންޓްރަލް އޭރިއާގެ މަރުކަޒުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، ތަމްރީނުތަކެއްގެ ޑެމޯ ބައްލަވާލެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އެއަށް ފަހު ގަމަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ އެ މަނިކުފާނު ބައްދަލު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ދަތުރުފުޅުގައި ގަމުގެ މަރުކަޒީ އިންޖީނުގެ އެއް ވިއުގައަކުން ގުޅާލުމާއި އެ ރަށުގައި ތަރައްގީކޮށްފައިވާ ޒޯން ސްޓޭޑިއަމްގެ ފުޓުބޯޅަ ދަނޑު އިފްތިތާހު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ގަމުގެ ހޮސްޕިޓަލުގައި އަލަށް ތައާރުފުކުރުމަށް ހަމަޖެހިފައިވާ ސީޓީ ސްކޭންގެ ހިދުމަތް ވެސް އެމަނިކުފާނު ފައްޓަވައިދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.