އެސްޓީއޯ ހާބަރު ފުޑް ކޯޓުތަކުގައި ބަޔަކު، ހިދުމަތް ހޯދަނީ -- ފައިލް ފޮޓޯ

އަންނަ މަހުން ފެށިގެން ކަރފިއު ނޫން ގަޑިތަކުގައި ކެފޭ ރެސްޓޯރެންޓްތަކުގައި ތިބެގެން ޚިދުމަތް ހޯދޭނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެޅި ފިޔަވަޅުތަކާއި ގުޅިގެން މިހާރު ރެސްޓޯރެންޓްތަކާއި ކެފޭތަކަށް ދެވެނީ ޓޭކް އަވޭ އައި ޑެލިވަރީގެ ޚިދުމަތްތައް އެކަންޏެވެ. އެހެންނަމަވެސް، މި ފިޔަވަޅުތަކުގެ ސަބަބުން ކޮވިޑްގެ ކޭސްތައް މާލެ ސަރަހައްދުގައި މަދުވުމުން ސަރުކާރުން ވަނީ ލުއި ތަކެއް ދޭން ނިންމާފައެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ޖުލައި 1 އިން ފެށިގެން ކަރފިއު ހިންގާ ގަޑި ރޭގަނޑު 8 އިން ފަތިހު 4 އަކަށް ބަދަލުކުރަން ނިންމަވާފައިވާކަމަށާއި ކަރިފިއު ނޫން ގަޑިތަކުގައި ރެސްޓޯރެންޓްތަކުގައި ތިބެގެން ޚިދުމަތް ހޯދުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ.

މިހާރު ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން، ޓޭކްއަވޭގެ ޚިދުމަތް ދިނުމަށް ތަނުގައި މުވައްޒަފުން ތިބެންޖެހެނީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދުމަށް ފަހުއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވިއިރު، ރެސްޓޯރެންޓް ހިންގާ ފަރާތްތަކުން ވަނީ މަގުމަތީގައި އިހުތިޖާޖް ވެސް ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.