ސަރުކާރުގެ ފަރާތުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދެވޭ މިންވަރަށް ކޮވިޑް-19ގެ ވެކްސިން ހޯދާނެ ކަމަށް ހެލްތު މިނިސްޓްރީއިން ބުނެފިއެވެ. 

ހެލުތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު އަބްދުﷲ މާހިރު، ރޭ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވިދާޅުވީ މިހާރު އެންމެ ބާރަށް ކުރިއަށްދާ މަސައްކަތަކީ ވެކްސިން ހޯދުމާއި އެ ރައްޔިތުންނަށް ދިނުމުގެ ތައްޔާރީތައްވުން ކަމަށެވެ. ހުރިހާ ދިވެހިންނަށް ވެސް ވެކްސިން ލިބޭނެ ކަމަށާއި ދުނިޔެއަށް ވެކްސިން ނުކުތުމާއެކު ރާއްޖެއަށް ވެސް އެ ލިބޭނެ ކަމަށެވެ. 

ޝާހު ވިދާޅުވި ގޮތުގައި ރާއްޖެއިން ހޯދުމަށް މަސައްކަތް ކުރަމުންދަނީ އޮކްސްފަޑް ޔުނިވަސިޓީ އާއި އެސްޓްރަޒެނިކާގެ ވެކްސިނާއި މޮޑާނާގެ ވެކްސިނެވެ. އެއީ ރާއްޖެއަށް އެންމެ އެކަށީގެންވާ ވެކްސިންކަން އޭނާ ފާހަގަ ކުރެއްވިއެވެ. 

ވެކްސިން ރާއްޖެ ލިބުނުހާ އަވަހަކަށް އެ ރައްޔިތުންނަށް ދިނުމުގެ މަސައްކަތް ފަށާއިރު ވެކްސިން ދޭނީ އިސްކަންދޭ ތަރުތީބުން، ޑަބްލިއުއެޗްއޯއިން އެކުލަވާލާފައިވާ އުސޫލުގެ ތެރެއިން ކަމަށެވެ. ކޮވިޑްގެ އެންމެ ރިސްކު ބޮޑު މީހުންނަކީ އުމުރުން ދުވަސްވީ މީހުންނެވެ. އެހެންކަމުން ވެކްސިން އެންމެ ފުރަތަމަ ދޭން ފަށާނީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށް ބެލެވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.