ކޮވިޑް ޖެހި ރަނގަޅުވާ މީހުންނަށް ދެ މަސް ވަންދެން ކަރަންޓީނު ނުވެ ދަތުރު ކުރުމުގެ ހުއްދަ ދީފިއެވެ.

މިކަން އިއުލާން ކޮށްފައި ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ކޮވިޑް ޖެހި ރަނގަޅުވާ ފަހުން 60 ދުވަސް ހަމަނުވާ މީހުންނަށް ކަރަންޓީނަކާ ނުލާ، ދަތުރު ކުރެވޭނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

ކޮވިޑްގެ އަދަދުތައް ދަށަށް ދާން ފެށުމާއެކު، ސަރުކާރުން ވަނީ ޖުލައި 1 ވަނަ ދުވަހުން ފެށިގެން ގިނަ ލުއިތަކެއް ދިނުމަށް ނިންމާފައެވެ. އެ ލުއިތަކުގެ ތެރޭގައި، ކާފިއު ގަޑި ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް ކުޑަ ކުރުން ހިމެނެއެވެ. އަދި ކާފިއު ނޫން ގަޑިތަކުގައި ހުއްދައާ ނުލާ ބޭރުގައި އުޅެވޭނެހެން ކަމަށް ވެސް ވަނީ ނިންމާފައެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ދޭން ނިންމާފައިވާ ލުއިތަކުގެ ތެރޭގައި، ކާފިއު ނޫން ވަގުތުތަކުގައި ކެފޭ ރެސްޓޯރެންޓްތައް ހުޅުވައިގެން ޑައިން-އިން ހިދުމަތްތައް ދިނުމަށް ހުޅުވާލުމަށް ވަނީ ނިންމާފައެވެ. ހަމައެއާއެކު، މިސްކިތްތަކުގައި ގައިދުރު ކަމާއެކު ޖަމާއަތް ހަދައިގެން ނަމާދު ކުރަން ހުޅުވާލާފައި ވެސް ވެއެވެ.

ކޮވިޑް ޖެހި ރަނގަޅުވާ މީހުންނަށް ކަރަންޓީނު ނުވެ ދަތުރު ކުރެވޭނެހެން އުސޫލު ބަދަލުކޮށްފައި ވާއިރު، މީގެ ކުރިން އޮތީ މާލެއިން އަތޮޅުތެރޭގެ ރަށްތަކަށް ދާ ކޮންމެ މީހަކު ނަމަވެސް ކަރަންޓީނު ވާން ޖެހޭ ގޮތަށެވެ. ނަމަވެސް، މޮނިޓަރިންގައި ނެތް ރަށްތަކަށް ދަތުރު ކުރެވޭ ގޮތަށެވެ.

0
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.