ރާއްޖޭގައި ފުރަތަމަ ފަހަރަށް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް "ޑިސްއެބިލިޓީ މެނޭޖްމަންޓް އެންޑް ރީހެބިލިޓޭޝަން" ސެންޓަރެއް ގާއިމް ކުރަން ނިންމާފައިވާ ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު މިއަދު ދެއްވި ހިތާބުގައި ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މުޖުތަމައު އިން މިހާރު ދެމުން އަންނަ ސަމާލުކަން އިތުރުވެފައިވީ ނަމަވެސް މުޖުތަމައުގައި ހަވާސާވެފައިވާ އެފަދަ ފަރާތްތަކަށް އަދިވެސް އެންމެ އެކަށީގެންވާ ގޮތުގައި ޝާމިލުވެ އުޅުމުގައި ތަފާތު ގޮންޖެހުންތަކެއް ހުރި ކަމަށެވެ. 

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރަށް ސަމާލުކަން ދީ، އެ ފަރާތްތަކަށް ބޭނުންވާ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް ގެންނަން ޖެހޭ ކަމަށް އާއިޝަތު ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިސެބިލިޓީ މެނޭޖްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމް ކުރުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ ރާއްޖޭގައި މިގޮތަށް ބިނާވެގެންދާނެ ފުރަތަމަ ސެންޓަރު. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ކުދިންނަށް ދިމާވެފައިވާ ވަރަށް ގިނަ ދަތިތަކަށް ހައްލު ލިބިގެންދާނެ ތަނަކަށް ވެގެންދާނެކަން ކަށަވަރު،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި އެ މީހުންގެ އާއިލާތަކަށް އިޖްތިމާއީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކަށް އަސާސީ ހުރިހާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރާއި ކަމާބެހޭ ހުރިހާ ފަރާތްތަކުން އެއް އަޒުމަކަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އާއިޝަތު ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.