އިންޑިއާ ކަނޑުގައި ހިމެނޭ ގައުމުތަކުގެ ކަނޑުމަތީ އަސްކަރިއްޔާތަކުން ބައިވެރިވެގެން، މިއަދު ފެށި "އިންޑިއަން އޯޝަން ނޭވަލް ސިމްޕޯޒިއަމް 2021" (އައިއޯންސް) ގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްޓްގާޑުން ބައިވެރިވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނިގޮތުގައި މިއަދުން ފެށިގެން އަންނަ ޖުލައި 1 ވަނަ ދުވަހުގެ ނިޔަލަށް ވާޗުއަލްކޮށް ކުރިއަށްދާ މި ސިމްޕޯޒިއަމްގައި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ކާނަލް މުޙައްމަދު ސަލީމް ބައިވެރިވެވަޑައިގަންނަވައެވެ. އަދި، މި ސިމްޕޯޒިއަމްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ "ގްލޯބަލް ކްލައިމެޓް އެންޑް އެންވަޔަރެންމެންޓަލް ރިސްކްސް"، މި މައުޟޫގައި މެރިޓައިމް ސެކިއުރިޓީ އެކްސްޕާރޓް ޕެނަލިސްޓެއްގެ ގޮތުގައި ކާނަލް މުޙައްމަދު އިބްރާހިމް ސިމްޕޯޒިއަމްގެ ބައިވެރިންނާ ވާހަކަދައްކަވާގޮތަށް ހަމަޖެހިފައިކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ސިމްޕޯޒިއަމްއަކީ، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަން ހުރި ގޮންޖެހުންތައް ދެނެގަނެގަތުމަށް ކުރިއަށްދާ ސިމްޕޯޒިއަމްއެކެވެ. އަދި އެ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި އިންޑިއާ ކަނޑާ ގުޅިފައިވާޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށްޓަކައި މެމްބަރުޤައުމުތަކުގެ ކަނޑުގެ އަސްކަރިއްޔާތަކުގެ އެންމެ އިސްވެރިން ބައިވެރިވެ މަޝްވަރާކުރާނެ އެވެ.

ކޮންމެ ދެ އަހަރަކުން ބާއްވާ ސިމްޕޯޒިއަމްއެކެވެ. މިއަދު ފެށި ސިމްޕޯޒިއަމްއަކީ، އޭގެ ތެރެއިން މި އަހަރު ބާއްވަން ނިންމާފައިވާ ސިމްޕޯޒިއަމްއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.