ހުޅުމާލޭގައި ކްރޫޒްލައިން ޓާމިނަލެއް އަޅާނެ ބަޔަކު ހޯދުމަށް އެޗްޑީސީއިން އިއުލާން ކޮށްފިއެވެ.
އެޗްޑީސީއިން ނިންމާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކްރޫޒް ޓާމިނަލްއަކާއި ޔޮޓް މެރީނާއެއް އެޅުމަށެވެ. އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ދެވަނަ ފިޔަވަހީގައި ކްރޫޒްލައިން ޓާމިނަލެއް އެޅުމުގެ ވާހަކަ ދެކެވުނެވެ. ނަމަވެސް އޭގެ އަމަލީ މަސައްކަތެއް ނުފެށެއެވެ.
ރާއްޖެއަކީ ގިނަ އަދަދެއްގެ ކްރޫޒްލައިން އަންނަ ގައުމެކެވެ. ނަމަވެސް އެ އުޅަނދުތަކަށް އެކަށީގެންވާ ހިދުމަތްތަކެއް ނުދެވޭ ކަމުގެ ޝަކުވާ އޮވެއެވެ.