ހުޅުމާލޭ ފެސިލިޓީގައި އޮތް ބަލި މީހަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީންޝޮޓް

ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންގެންދިޔަ މީހަކަށް އަނިޔާކުރި ބިދޭސީ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރ، އަޙްމަދު ޝަފީޢު ވިދާޅުވީ 26 މެއި 2021 ގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓުކޮށްފައިވާ ބަލިމީހާ ބެލުމަށް އާއިލާއިން ހަމަޖައްސާފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަރިފް ޚާން ގެ މައްޗަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އުފުލުމަށް ނިންމާފައިވާ ކަމަށެވެ. އަދި ދައުވާކުރުމަށް މިހާރު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޝަރިފް ޚާންގެ މައްޗަށް ދައުވާކުރަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާ އެވެ.

މި މައްސަލަޔާއި ގުޅިގެން ބޭއްވުނު ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މިއަދު ކުރިޔަށް ގެންގޮސްފައިވާއިރު، ޝަރީއަތް ނިމެންދެން ޝަރިފް ޚާން ބަނދުގައި ބެހއްޓުމަށް ދައުލަތުން އެދިފައިވާއިރު، ޝަރީއަތުގެ މުއްދަތު ނިމެންދެން އޭނާ ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އޮތް ބަލި މީހަކަށް، އޭނާގެ އެހީތެރިއެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ދިޔަ މީހަކު އަނިޔާ ކުރާ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެގޮތުން، އެހީތެރިޔާ، ބަލިމީހާ ކަންފަތް މަތީގައި ޖަހާ މަންޒަރު ވީޑިއޯއިން ފެންނަ އިރު، ތަދުވެގެން އޭނާ ރޯ އަޑު ވެސް ވީޑިއޯއަށް އަރާފައިވެއެވެ.

ހަމައެއާއެކު، ބަލި މީހާ ރޯން ފެށުމުން ޑޮކްޓަރ އަންނަ ކަމަށާއި ނުރޯން ބުނާ އަޑުވެސް ވީޑިއޯއަށް އަރާފައި ވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.