ދައުލަތުގެ ވެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި، އެ ބޭފުޅުންނަށް މަރުހަބާ ދެންނެވުމަށް ސްކޫލް ދަރިވަރުން ނެރުމަކީ ތަރުހީބު ދޭ ކަމެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ. 

މީގެ ދުވަސްކޮޅެއް ކުރިން ރައީސް ސޯލިހު ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ސްކޫލް ދަރިވަރުން، ރައީސްއަށް މަރުހަބާ ދެންނެވިއެވެ. އަދި މި ހަފުތާ ބަންދުގައި ރައީސް، ލ. ގަމަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް އެ ރަށު ސްކޫލް ދަރިވަރުން، މަރުހަބާ ދެންނެވުމަށް ނެރެން އުޅޭ މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ. 

އެކަމާ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ތަރުޖަމާނު އިބްރާހިމް ހޫދު ޓްވީޓް ކުރައްވާ ވިދާޅުވީ ދައުލަތުގެ އިސްވެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުހަބާ ދެންނެވުމަށް ރަށްރަށުގެ ސްކޫލް ދަރިވަރުން ނެރެގެން އެއްވެސް ހަރަކާތެއް ހިންގުމަކީ ސަރުކާރުން ތަރުހީބުދޭ ކަމެއް ނޫން ކަމަށެވެ. 

ހޫދު ވިދާޅުވީ އެފަދަ އެއްވެސް ހަރަކާތެއް ދަރިވަރުން ބައިވެރިކޮށްގެން ހިންގުމަށް ރައީސް އޮފީހުން އަދި އެއްވެސް މިނިސްޓްރީއަކުން ވެސް ކައުންސިލަކަށް ނުވަތަ ސްކޫލަކަށް އަންގާފައިނުވާނެ ކަމަށެވެ. އެފަދަ ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިނުކުރުމަށް ރައީސް ސޯލިހު އިލްތިމާސް ކުރައްވާ ކަމަށް ވެސް ހޫދު ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.