އޭޝިއަން ޕަވާ އެވޯޑްސްގެ ސީއީއޯ އޮފް ދަ އިޔާ އެވޯޑު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދަށް ލިބިއްޖެއެވެ. މިއީ އޭޝިއާ ސަރަހައްދުގެ ޔުޓިލިޓީ ކުންފުނިތަކަށް ހާއްސަކޮށްގެން ދޭ އެވޯޑެކެވެ.

މި އެވޯޑުގެ އިތުރުން އަދި 3 އެވޯޑު ފެނަކައަށް ލިބިފައިވެއެވެ. އެއީ ލ.ގަމުގައި އަލަށް ގާއިމްކުރި ޕަވާ ސްޓޭޝަން މަޝްރޫއަށް ލިބުނު ރާއްޖޭގެ "ޕަވާ ޕްލާންޓް އަޕްގްރޭޑް އޮފް ދަ އިޔާ"ގެ އެވޯޑާއި، ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ޕަވާ ޔުޓިލިޓީ ކުންފުނީގެ އެވޯޑާއި، ގދ. މަޑަވެލި އަދި ހޯޑެއްދޫގައި ސޯލާ ގާއިމްކުރުމަށް ކުރިއަށް ގެންދާ މަޝްރޫއަށް ލިބުނު "ސޯލާ ޕަވާ ޕްރޮޖްކްޓް އޮފް ދަ އިޔާ" އެވޯޑެވެ.

ސީއީއޯ އޮފް ދަ އިޔާ ލިބިވަޑައިގެންނެވި ފެނަކައިގެ އެމްޑީ ސައީދުވަނީ ފާއިތުވި 2 އަހަރު ތެރޭގައި ކުންފުންޏަށް ނުހަނު ރަނގަޅު ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، 2018 ވަނަ އަހަރު ފަހުކޮޅު ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމާއި އަހުމަދު ސައީދު ހަވާލުވުމާއި ހަމައަށްވެސްް ކުންފުނި އޮތީ މާލީ ގޮތުންނާއި ހިންގުމުގެ ގޮތުންވެސް ވަރަށް ދަށުގައެވެ. ވައްކަމާއި ފަސާދައާއި ކޮރަޕްޝަނާއި އިސްރާފުގެ މުޑުދާރުކަމުން ކުންފުނި ސަލާމަތްކޮށް ކުންފުނި ހަމަ މަގަށް އެޅުވުމަށްޓަކައި އަހުމަދު ސައީދުވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ސައީދުގެ މާލިމީކަމުގައި 2 އަހަރު ވުމާއި ގާތްވެފައިވާއިރު، އެ ކުންފުނި ހަމަ މަގަށް ހަގީގަތުގައިވެސް އެޅިފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރޭ އޮޑިޓް ރިޕޯޓުން މިވަނީ ހާމަވެފައެވެ. 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ގައި ވާގޮތުން ޒަމާނުއްސުރެ ގެއްލުން ވަމުން ދިޔަ ކުންފުނި 2019 ގައި ވަނީ 35 މިލިއަން ރުފިޔާގެ ފައިދާ އާއެކު ވަނީ ތާރީޙު ބަދަލު ކޮއްފައެވެ.

އޭޝިއަން ޕަވާ އެވޯޑްސް މިފަހަރު ލިބިފައިވަނީ 50 ކުންފުންޏަކަށެވެ. މިއީ މި އެވޯޑުދިން 16ވަނަ ފަހަރެވެ. މި އެވޯޑަކީ މި ސިނާއަތުގެ އޮސްކާ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.