މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފާއި ދެކޮޅަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން، ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އަށް ފޮނުވި މައްސަލައާއި ގުޅިގެން އަންނަ ހަފްތާގައި ގޮތެއް ނިންމާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ބުނެފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މަހުލޫފް ގެ މައްސަލަ ތަހުގީގުކުރުމަށްފަހު ދައުވާކުރަން ޕީޖީ އޮފީހަށް މިދިޔަ ފެބްރުއަރީ މަހު ފޮނުވުމުން، އިސްލާހު ކުރަން ޖެހޭ ކަންތައްތަކެއް ހުރުމުން ޕީޖީން އެ މައްސަލަ އަނބުރާ ފޮނުވާލިއެވެ. އޭސީސީން ދެވަނަ ފަހަރަށް ވެސް އެ މައްސަލަ ފޮނުވީ އިސްލާހު ކުރަން އެންގި ކަންކަމަށް ބަދަލު ނުގެނެސްއެވެ. އެހެންވެ އަނެއްކާވެސް އެ މައްސަލަ ކޮމިޝަނަށް ފޮނުވާލީއެވެ.

އެކަންކަން އިސްލާހު ކުރުމަށްފަހު އޭސީސީން ޕީޖީ އޮފީހަށް މައްސަލަ ފޮނުވީ އިއްޔެއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު 'ޖަޒީރާ' އަށް ވިދާޅުވީ މިހާރު ކުރިއަށް ދަނީ ލިޔެކިއުންތައް ދިރާސާކުރުމުގެ ކަންކަން ކަމަށާއި އަންނަ ހަފްތާ ނިމުމުގެ ކުރިން މައްސަލައާއި މެދު ގޮތެއް ނިންމަނާވެ ކަމަށެވެ.

މަހްލޫފްގެ މައްސަލަ ފުރިހަމަކުރުމަށް އޭސީސީއަށް އަންގައިފި

މަހްލޫފްގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ އެމްއެމްޕީއާރުސީގ ހިޔާނާތުގެ މައްސަލާގަ އެވެ. އެގޮތުން މައްސަލައިގައި ތަހުގީގަށް ފާހަގަ ކުރެވުނު ކަންތައްތަކުގެ ތެރޭގައި މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހްލޫފް ހުރެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު ލިބިފައިވާ ކަން އެނގޭ ކަމަށް އޭސީސީއިން ހާމަކޮށްފައިވެއެވެ.

އޭސީސީގެ ރައީސާގެ އިސްތިއުފާއަށް މަހްލޫފް ގޮވާލައިފި

މަހްލޫފް ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އޭނާއާ މެދު އަމަލުކުރަމުންދަނީ ޒާތީކޮށް ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށެވެ. އަދި އޭނާ ވަނީ މިކަމުގެ އަޑީގައި ތިބީ ސިޔާސީ ބަޔެއް ކަމަށް ވިދާޅުވެ، ތުހުމަތުތަކެއް ކުރައްވާފައެވެ. މިހާރު މަހްލޫފް ވަނީ މަގާމުން އެކަހެރިކޮށްފައެވެ.

"މަހްލޫފްގެ ކޮއްކޮ ޑޮލަރު ގަންނަން އެސްއޯއެފް އޮފީހުގައި އިންދާ ދުށިން"

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.