މީހުން ދިރިއުޅޭ ރަށްރަށާއި އެއާޕޯޓު ހިންގާ ރަށްރަށުގައި މާސްކް އަޅައިގެން އުޅުމަށާއި ބޭރުގައި އެކުވެ އުޅޭއިރު 3 ފޫޓުގެ ގައިދުރުމިން ބެހެއްޓުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އަންގައިފިއެވެ.

އެޗްޕީއޭ އިން މިއަދު އިއުލާންކޮށްފައިވާ ގޮތުން، ރައްޔިތުންގެ ސިއްހަތާއި ރައްކާތެރި ކަމަށްޓަކައި އަންނަ ހުކުރު ދުވަހުން ފެށިގެން ހުރިހާ މީހުން ދިރިއުޅޭ ރަށެށްގައި ދިރިއުޅޭ ފަރާތްތަކުންވެސް މާސްކް އެޅުން މަޖުބޫރުވާނެއެވެ. ކުރިން މާސްކް އެޅުން މަޖުބޫރު ކޮށްފައިއޮތީ ގްރޭޓަރ މާލޭ ސަރަހައްދުގައި ހިމެނޭ ރަށްތަކާއި ގެސްޓްހައުސްތައް ހިންގާ ރަށްތަކުގައެވެ. 

ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ދަށަށްދާން ފެށުމާއެކު ބައެއް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެޗްޕީއޭއިން އަންނަނީ ބަދަލު ގެންނަމުންނެވެ. އެގޮތުން، ދަތުރުކުރާ ފަރާތްތަކުން ކަރަންޓީނު މުއްދަތުވެސް 14 ދުވަހުން 10 ދުވަހަށްވަނީ ދަށްކޮށްފައެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި، ގައިޑްލައިންތަކަށް އަމަލުކުރާކަން ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތަކުން ކަށަވަރުކުރަންވާނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.