މި މަހުގެ 15 ވަނަ ދުވަހު ސަރުކާރުން ވަނީ ހުޅުމާލޭގައި އިމާރާތްކުރާ 1000 ހައުސިންގ ޔުނިޓުގެ މަޝްރޫއު އިފްތިތާހްކޮށްފަ އެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސުހައިލް ވިދާޅުވީ މި މަޝްރޫއުގެ ދަށުން އަޅާ ހައުސިންގ ޔުނިޓުތައް ވެގެންދާނީ ޖާގައިގެ ގޮތުން ތަނަވަސް ތަންތަނަށް ކަމަށެވެ.

1000 ހައުސިންގ ޔުނިޓްގެ މަޝްރޫއު އިފްތިތާހުކޮށްފި

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ އޭނާ އުއްމީދު ކުރައްވަނީ ޝެޑިއުލްގައި ވާގޮތުގެ މަތިން، މިއަދު މަސައްކަތް މިފަށާ ޓަވަރުގެ އެންމެ މަދުވެގެން 20 އިންސައްތަ މަސައްކަތް މިއަހަރު ނިމެންވާއިރަށް ކުރެވޭނެ ކަމަށެވެ. އަދި ހުއްޓުމެއް ނެތި ބާކީ އޮތް 8 ޓަވަރުގެ މަސައްކަތް އަވަހަށް ފަށައިގެން ކުރިއަށް ގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އާ ހައުސިންގ ޔުނިޓްތައް ދެ އަހަރު ތެރޭ ނިމޭނެ"