ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް ޖެހިގެން މިއަދު މަރުވީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާ މަރުވީ ރޭ ދަންވަރު 02:33 ގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދަނިކޮށެވެ.
މިއީ މި ބަލީގައި ރާއްޖެއިން މަރުވި 210 ވަނަ މީހާއެވެ.
Today at 02:33 am (29/06/21) a 48-year-old Maldivian male admitted at HMF has passed away.
This is the 210th COVID-19 death in the Maldives.
Our thoughts and prayers are with the bereaved family. May Allah grant his soul eternal peace in heaven.
— Health Protection Agency (@HPA_MV) June 29, 2021
ރާއްޖޭގައި ކޮވިޑް ބަލީގައި 200 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، މިވަގުތު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެފައި ތިބީ ޖުމްލަ 3883 މީހެކެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 27 މީހަކަށެވެ.