ރަންބީރު ކަޕޫރު

ބޮލީވުޑް އެކްޓަރ ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ކާމިޔާބު ފިލްމް "ސަންޖޫ" ގެ ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ ރަންބީރު ކަޕޫރެވެ.

މި ފިލްމް ރިލީޒް ކުރިތާ ތިން އަހަރު ފާއިތުވެެގެން ގޮސްފައިވާއިރު، ސަންޖޭ ދަތުގެ ބިޔަ ބޮޑު ހަށިހަގނަޑާއި އެއްގޮތަށް ހަށިގަނޑު ބައްޓަން ކުރުމަށްޓަކައި ކުރި މަސައްކަތް ރަންބީރު މިވަނީ ހިއްސާކޮށްފައެވެ.

ސަންޖޫގައި ސަންޖޭދަތުގެ ހަޔާތުގައި އޭނާ ކަނޑައްތު ކޮށްފައިވާ އެކި މަރުހަލާތައް ވަނީ ދައްކުވައިދީފައެވެ. އެގޮތުން އޭނާގެ ޒުވާން ދުވަސްވަރާއި، އަމިއްލަ ދިރިއުޅުމާއި، ޖަލުގައި ހޭދަ ކުރި ދުވަސްތަކާއި، އާއިލާ އާއި، ޕޮލިޓިކްސް އަދި ކޯޓުގެ މައްސަލަތައް ދިޔަ ގޮތް މި ފިލްމްގައި ފެނިގެން ގޮސްފައިވެއެވެ.

މި ފިލްމާއި ގުޅޭގޮތުން ރަންބީރު ބުނެފައިވަނީ ފިލްމްގެ ސްކްރިޕްޓް ލިބުމުގެ ކުރިން އޭނާގެ ހަށިގަނޑަށް ގެންނަން ޖެހިދާނެ ބަދަލުތަކާއި މެދު ވިސްނާފައިވެސް ނުވާ ކަމަށާއި، ނަމަވެސް ސްކްރިޕްޓް ލިބުމުން ހާލަތާއި ގުޅޭގޮތަށް ވިހާވެސް ބޮޑަށް އަސްލާއި އެއްގޮތަށް ހުށަހަޅައިދިނުމަށް އޭނާގެ ކެރެކްޓަރ ބައްޓަން ޖެހުނުކަމަށެވެ. އަދި ސަންޖޭދަތުގެ ދިރިއުޅުން ދައްކުވައިދިނުމަށްޓަކައި ހަށިގަނޑަށް ބޮޑެތި ބަދަލުތައް ގެނެސްފައިވާކަން ފާހަގަ ކޮށްފައިވެއެެވެ.

ރަންބީރު ބުނެފައިވަނީ ސަންޖޭދަތުގެ ހަށިގަނޑާއި އެއްގޮތަށް ހަށިގަނޑު ބައްޓަން ކުރުމަށްޓަކައި ދުވާލަކު އަށް މީލް ނެގިކަމަށެވެ. އަދި ޕްރޮޓީން ޝޭކް ބުއިމަށް ކޮންމެ ރެއަކު ދަންވަރު 3 ޖަހާއިރު ތެދުވަން ޖެހުނުކަން ވަނީ ފާހަގަ ކޮށްފައެވެ.

ސަންޖޫ ކުޅުމަށް ޓަކައި  ދުވަހަކުވެސް ފިލްމެއް ކުޅުމަަށް ހަށިގަނޑަށް ނުގެންނަ ވަރުގެ ބޮޑު ބަދަލެއް ގެންނަން ޖެހުނުކަން ރަންބީރު ވަނީ ފާހަގަ ކޮށްފައެވެ.

ކޮންމެއަކަސް މި ފިލްމް ގައި ސަންޖޭދަތުގެ ރޯލު އަދާކޮށްފައިވާލެއް ފުރިހަމަކަން ބެލުން ތެރިން ވަނީ ބަލައިގެންފައެވެ. އޭގެ އެއް ހެއްކަކީ ބޮކްސް އޮފީހުގައި މި ފިލްމް ވެގެން ގޮސްފައިވަނީ އެންމެ ކާމިޔާބު އެއް ފިލްމަށެެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.