ހޯމަ ދުވަހު 155 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަ ކޮށްފައިވާ މައުލޫމަތުތަކުން ދައްކާގޮތުން އާދިއްތަ ދުވަހުގެ އިރުއޮއްސި 6:00 އިން ހޯމަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖޭގައި 4972 ސާމްޕަލް ޓެސްޓުކޮށްފައި ވެއެވެ. އޭގެ ތެރެއިން 155 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ގިނައީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި މީހުންނެވެ.
ކޮވިޑްގެ ކޭސްތައް ރިޕޯޓްކޮށްފައިވާ ގޮތުގެ ތަފްސީލްތައް:
- ގްރޭޓާ މާލެ ސަރަހައްދުން - 28 ކޭސް
- އަތޮޅުތެރެއިން - 70 ކޭސް
- ރިސޯޓުތަކުން - 31 ކޭސް
- ހަދަމުންދާ ރިސޯޓުތަކުން - 26 ކޭސް
✳️ COVID-19 : Case Updates pic.twitter.com/4YMablMLBy
— Health Protection Agency (@HPA_MV) June 28, 2021
ރާއްޖޭގައި މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 3883 އަށް ދަށްވެފައެވެ. މީގެތެރެއިން ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން އަންނަ މީހުންގެ އަދަދުވެސް ވަނީ 27 އަށް ދަށްވެފައެވެ.
މިއަދާ ހަމަޔަށް އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން 73482 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 69378 މީހުން ބަލިން ރަނގަޅުވެފައި ވާއިރު، ބަލީގައި 209 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.