ކޮވިޑް ވެކްސިން ޖެހުމަށް، ސިއްހީ ހިދުމަތްތެރިޔަކު ތައްޔާރުވަނީ -- ފޮޓޯ: ރައީސް އޮފީސް

ހޮނިހިރު ދުވަހު ރާއްޖޭން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 236 މީހަކު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މައުލޫމާތުތަކުން ދައްކައިފި އެވެ.

އެޗްޕީއޭއިން ބުނެފައިވާގޮތުގައި ގްރޭޓަރ މާލެ ސަރަހައްދުން 86 މީހަކު ޖަހާފައިވާއިރު، އަތޮޅު ތެރެއިން 150 މީހަކަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ.

އެޗްޕީއޭގެ މައުލޫމާތުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވަނީ 1،052 މީހެކެވެ. އެއީ ގްރޭޓާ މާލެ ސަރަހައްދުން ވެކްސިން ޖެހި 246 މީހަކާއި، އަތޮޅު ތެރެއިން ޖެހި 680 މީހެކެވެ.

އެޗްޕީއޭއިން އާންމުކޮށްފާވާ ތަފާސްހިސާބުތަކުން ސައިނޯފާމްގެ ދެވަނަ ޑޯޒް ޖެހުމަށް މުއްދަތު ހަމަވެ ވެކްސިންގެ ފުރަތަމަ ޑޯޒަށްފަހު ދެވަނަ ޑޯޒް ނުޖަހާ %70 އިންސައްތަ މީހުން އެބަތިއްބެވެ. އަދި އުމުރުން 20 އަހަރާއި 29 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން %39 މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައެއްނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.