"ހިޔާ މަޝްރޫޢު" ގެ ދަށުން ފްލެޓު ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތް މުރާޖަޢާ ކުރުމަށްފަހު H07 ކެޓަގަރީއިން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ވަގުތީ ލިސްޓު 1 އަދި 2 "ފްލެޓުތަކުގެ މައްސަލަބަލާ ކޮމިޓީ" އިން މިއަދު އިއުލާނުކޮށްފިއެވެ.

H07 ކެޓެގަރީއަކީ 18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެންއުޅޭ ފަރާތްތަކަށް ޚާއްސަ ކެޓެގަރީއެވެ. މި ކެޓެގަރީއިން ހުށަހަޅާފައިވާ ފޯމުތައް ދިރާސާ ކުރުމަށްފަހު ޝަރުޠު ހަމަވާ ފަރާތްތަކާއި، ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ވަގުތީ ލިސްޓެއް ވަނީ އާންމުކޮށްފައެވެ. މިގޮތުން، ޝަރުތު ހަމަނުވާ ފަރާތްތައް ހަމަނުވާ ކަމަށް ކޮމިޓީއަށް ފެނިވަޑައިގަންނަވާ ސަބަބުތައްވެސް ލިސްޓުގައި ހިމަނާފައިވެއެވެ.  

މީގެއިތުރުން، ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށްގެންދެވިފައިނުވާ ފަރާތްތައް ވެސް، އެ ކަމުގެ ސަބަބާއެކު ވަގުތީ ލިސްޓުގައި ހާމަކުރައްވާފައިވެއެވެ. އަދި ޝަރުތު ހަމަވާ ފަރާތްތައް ކަނޑައެޅުމުގައި ބަލާފައިވާ ޝަރުތުތައްވެސް މި އިޢުލާނާއެކު ޢާންމުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއިން ނެރެފައިވާ ވަގުތީ ލިސްޓުތައް ގެޒެޓުގައި ޝާއިއުކުރެވިފައިވާނެއެވެ. މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 13 ޑިސެމްބަރުގެ 15:00ގެ ނިޔަލަށް ހުޅުވާލެވިފައިވާއިރު، ދާއިމީ ލިސްޓް އެކުލަވައިލުމުގައި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ޝަކުވާތަކަށް ރިޢާޔަތްކުރެވޭނެކަމަށް ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.