ފުވައްމުލަކު ސިޓީގެ މުޙައްމަދު ޖަމާލުއްދީން ސްކޫލްގައި 16 ކްލާސްރޫމް އަދި ކޮމްޕިއުޓަރ ލެބްގެ އިމާރާތުގެ މަސައްކަތާއި ފުވައްމުލަކު ސްކޫލްގެ މަލްޓި ޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއި ކުރުމުގެ ތެރެއިން -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ފުވައްމުލަކު ސިޓީގެ މުހައްމަދު ޖަމާލުއްދީން ސްކޫލްގައި 16 ކްލާސް ރޫމެއްގެ އިތުރުން ކޮމްޕިއުޓަރ ލެބެއް އިމާރާތް ކުރުމުގެ މަސައްކަތް އަދި ފުވައްމުލަކު ސްކޫލްގެ މަލްޓި ޕާރޕަސް ހޯލެއް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނީ، ފުވައްމުލަކުގައި ކުރިޔަށް ގެންދާ މި 2 މަޝްރޫއަކީ 2021 ގެ ޕީ.އެސް.އައި.ޕީގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއުތައް ކަމަށާއި، މި މަޝްރޫއުތައް ހަވާލުކުރެވިފައި ވަނީ އިނޯކާ ޕްރައިވެޓް ލިމިޓެޑްއާާ ކަމަށެވެ.

މުޙައްމަދު ޖަމާލުއްދީން ސްކޫލްގައި 16 ކްލާސްރޫމް އަދި ކޮމްޕިއުޓަރ ލެބް އިމާރާތުގެ މަސައްކަތް ކުރުމަށް އިނޯކާއާ ހަވާލުކޮށްފައިވަނީ 12,012,943.03(ބާރަމިލިއަން ބާރަހާސް ނުވަސަތޭކަ ސާޅީސްތިން ރުފިޔާ ތިން ލާރި) އަށް ކަމަށް އެޑިއުކޭޝަނުން ބުނެއެވެ. 

މީގެއިތުރުން، ފުވައްމުލަކު ސްކޫލްގެ މަލްޓި ޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް އެޑިއުކޭޝަނުން އިނާކޯއާ ހަވާލުކޮށްފައިވަނީ 8,207,876.86 (އަށްމިލިއަން ދެލައްކަ ހަތްހާސް އަށްސަތޭކަ ހަތްދިހަ ހަ ރުފިޔާ އަށްޑިހަ ހަ ލާރި) އަށެވެ.

އެޑިއުކޭޝަނުން ބުނީ، މުޙައްމަދު ޖަމާލުއްދީން ސްކޫލްގައި ކުރިޔަށް ގެންދާ މަޝްރޫއު 365 ދުވަސް ތެރޭގައި އަދި ފުވައްމުލަކު ސްކޫލްގައި ކުރިޔަށް ގެންދާ މަޝްރޫއު 330 ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށް އިނާކޯއިން ބުނެފައިވާ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.