ދިވެހި ރާއްޖެއިން ކިންގްޑަމް އޮފް މޮރޮކޯއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަގާމަށް ޑރ. އާސިމް އަހުމަދު ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޑރ. އާސިމަށް މޮރޮކޯއަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރުކަން ދިނުމުގެ މައްސަލަ ދިރާސާކޮށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީން އެކުލަވާލި ރިޕޯޓު ފާސްކުރަން 53 މެމްބަރުން ވޯޓު ދެއްވިއެވެ.

ޑރ. އާސިމް އަކީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ރާއްޖެއިން ކަނޑައަޅާފައިވާ ދާއިމީ މަންދޫބެވެ. ރާއްޖޭގެ ޚާރިޖިއްޔާއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކޮށްދެއްވާފައިވާ ޑރ. އާސިމް ވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމު ވެސް އަދާކުރައްވާފައެވެ.

ޑރ. އާސިމް ވަނީ މީގެ ކުރިން މިނިސްޓަރ އޮފް އެޑިއުކޭޝަންގެ މަޤާމުގެ އިތުރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސްކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.