ކ. ގުޅީފަޅުގައި ގާއިމްކޮށްފައިވާ ހިޔާތަކުގައި "ވަގުތީ ޝެލްޓަރ" އެއް ގާއިމްކުރަން ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ހާމަކޮށްފިއެވެ.

ޖެންޑަރ މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ވަންނާނެ ވަކި ތަނެއް ބޯހިޔާވަހިކަމެއް ނެތިވެ މާލޭގެ މަގުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މައްސަލައަށް ހައްލު ހޯދުމަށް އެ މިނިސްޓްރީއިން މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އެގޮތުން ގުޅީފަޅުގައި މި ވަގުތީ ޝެލްޓަރ ގާއިމްކުރުމަށް ހަމަޖެހިފައިވަނީ މި މަސައްކަތްތަކުގެ ދަށުން އެ ފަރާތްތަކުގެ ހާލަތު ވަޒަންކޮށް ގޮތެއް ނިންމުމަށް ކަމަށް ވެސް އެމިނިސްޓްރީއިން ވަނީ ބުނެފައެވެ.

އެގޮތުން އެ ފަރާތްތަކާއި މެދު ގޮތެއް ނިންމުމަށްފަހު އެފަރާތްތަކަށް ބޭނުންވާ އިޖްތިމާއީ ހިދުމަތްތަކާއި ވަގުތީ ރައްކާތެރިކަން ކަށަވަރުކޮށްދީ އެފަރާތްތަކަށް ބޭނުންވާ އަސާސީ ހައްގުތައް ހޯދައިދީ އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް މަސައްކަތް ކުރެވެމުންދާ ކަމަށް ވެސް އެމިނިސްޓްރީއިން ވަނީ ބުނެފައެވެ.

ހަމައެހެންމެ އެ މީހުންގެ ހާލަތު ވަޒަން ކުރުމަށްފަހު އެސެސްމަންޓަށް ރިޢާޔަތްކުރުމަށްފަހު އޭގެތެރެއިން ޑިޓޮކްސިފިކޭޝަން ފަރުވާއަށް ބޭނުންވާ ފަރާތްތަކަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ޑިޓޮކްސް ކޭމްޕްތަކުގައި ބޭތިއްބުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ. 

މި ހިޔާތަކަށް ގެންދެވޭ މީހުންނަށް އެކި ހުނަރުތައް ދަސްކޮށްދިނުމާއި ލައިފް ސްކިލްސް ތަމްރީން ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން ވަޒީފާގެ ފުރުސަތުތައް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.