ރ. އަނގޮޅިތީމް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ

ރ. އަނގޮޅިތީމް ބަނދަރުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތް ނިންމާލައިފިއެވެ.

އަނގޮޅިތީމް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިޔަށް ގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، މި މަޝްރޫއުގެ ދަށުން 24 ޖޫން 2021 ގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ވަނީ ނިންމާލެވިފައި ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ދެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޕޭވްމަންޓް ހެދުމުގެ މަސައްކަތްކަން ފާހަގަކުރަމުން އެމްޓީސީސީން ބުނީ،  އެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މި ހަފްތާ ތެރޭގައި ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 42،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް ހިއްކުމާއި 221 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 166 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 91.44 މީޓަރުގެ ސަރަހައްދެއްގައި އެއްގައުމު ތޮށިލުމަށް ވަނީ ހަަމަޖެހިފައެވެ. އަދި 1،110 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި މަގުބައްތި ހަރު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިނިސޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗާރ އިން 8 އޮކްޓޫބަރ 2020 ގައި އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއަކީ 40.7 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.