އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް | ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް ސިޔާސީ ފަރާތްތަކުން ބުލީ ކުރާކަމަށް ވިދާޅުވެ އޭނާގެ އިހުސާސްތައް ބަންޑުން ކޮށްލައިފިއެވެ.

ރޮޒައިނާގެ އިހުސާސްތައް ބަންޑުންކޮށްލާފައި މިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ދެކެވުނު ވާހަކަތަކެއްގެ ތެރެއިން އެމްޑީޕީ ޤައުމީ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހިމް، ރޮޒައިނާއަކީ އެމްޑީޕީގެ ދޮންމަންމައަށް ވަރަށް ކަމުދާނެ ބޭފުޅެއް ކަމަށްވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓްތަކެއްގައެވެ.

ރޮޒައިނާ ވިދާޅުވީ އެކަމަނާއަށް ބަސްބުނަން ކެރިވަޑައިގަންނަވާތީ އަދި ބުނަން ޖެހޭތާކު ބުނާތީ، އެޅިހާ ބަތަކަށް ރިހައިގެ އުސޫލު ނުގެންގުޅުއްވާތީ ސިޔާސީ ގޮތުން އޭނާއަށް ދޮންމަންމަ ކިޔަން ޖެހޭ ކަމަށް ވަންޏާ އެކަންވެސް ނަގާނީ ތައުރީފެއްގެ ގޮތުގައި ކަމަށެވެ. އަދި ރޮޒައިނާ ވިދާޅުވީ ބުލީ ކުރުމަކީ ސްކޫލްތަކުގައި އެކަނި ހިނގާ ކަމެއް ނޫން ކަމަށެވެ. ސްކޫލްގައި އޭނާއަށް ބުލީ ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އިދިކޮޅުންނާއި އެއްކޮޅުންވެސް ބުލީ ކުރުމާއި މޫނަށް ކުޅުޖެހުންފަދަ އެތައް ކަމެއް ދިމާވެފައިވާ ކަމަށް ވިދާޅުވިއެވެ.

 

އެކަމުވެސް އަދި ފަހަތަކަށް ނުޖެއްސޭ. އިންޝާ ﷲ

އިތުރަށް ރޮޒައިނަ ވިދާޅުވެފައިވަނީ އޭނާ ސިޔާސީ ދާއިރާއަށް ނުކުތީ މީހަކު ކިޔާހާ އެއްޗަކަށް އާނ ހޫން ކިޔަން ނޫން ކަމަށެވެ.

ބުލީ ކުރާ މީހުންދެކެ ބިރުން އަޅުގަނޑަށް ގަބޫލުނުކުރެވޭ ކަމެއް އެންޑޯސް ކޮށްފައި ވާހަކަ ދައްކާކަށްވެސް ނޫން. އެއްބަސް ވެވޭނީ ގަބޫލު ކުރެވުނީމަ، އޭރުން އެކަމައިގެން އުޅޭނަން.

ރޮޒައިނާ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި، ކައުންސިލް މެންބަރުންގެ އިތުރުން ލީޑަރޝިޕްގައި ތިއްބަވާ ބޭފުޅުން ބުލީކުރަން އުޅުމަކީ ވަރަށް ދެރަވަރު ކަމެއް ކަމަށެވެ. އަދިޚާއްސަކޮށް ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ މަދު އަންހެނުންނަށް އަމާޒުކޮށްގެން ބުލީ ކުރަަން އުޅުމަކީ ވަރަށް ދެރަވަރުކަމެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ބުލީ ކުރުން ހުއްޓާލުމަށް ރޮޒައިނާ ވަނީ އެދިވަޑައިގެންފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.