ސ.މަރަދޫ ބަނދަރުގެ ބޭރުތޮށި މަރާމާތު ކުރުމުގެ މަޝްރޫއު ނިމިއްޖެކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކުންފުނި (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީއިން ހާމަކޮށްފައިވާ ގޮތުގައި މި މަސައްކަތް ނިންމާލެވިފައިވަނީ 29 ނޮވެމްބަރުގައެވެ.

މި މަޝްރޫއުގެ ދަށުން 18،873 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 419 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 340 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކޮށްފައިވެއެވެ. މީގެއިތުރުން 40 މީޓަރުގެ ދިގު 6 މީޓަރު ފުޅާ ބްރިޖެއް ރޭނުމާއި، 1،975 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ޖެހުމުގެ މަސައްކަތްވެސް ކޮށްފައިވެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއު އަށް 28.2 މިލިއަން ރުފިޔާ ހަރަދުވިއެވެ. މިއީ 3 ނޮވެމްބަރު 2019ގައި މޮބަލައިޒްކުރެވުނު މަޝްރޫއުއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.