ނެވެމްބަރު 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ރޯވި "ރާސްތާ" ދޯނިން ފިހުނު މީހަކު މިއަދު މަރުވެއްޖެއެވެ.

ރާސްތާ ދޯނީގައި ރޯވި އިރު އެ ދޯނި އޮތީ ގދ. ތިނަދޫ ފަޅުތެރޭގައެވެ. އެ ދޯނީގައި އަލިފާން ރޯވެފައި ވަނީ އެރޭ ދަންވަރު 12:30 ހާއިރުއެވެ. މި ހާދިސާގައި ހަތަރު ދިވެހިންނަށް އަނިޔާވެފައިވެއެވެ.

ގޭސް ލީކުވުމުގެ ސަބަބުން ހިނގި މި ހާދިސާގައި އަނިޔާވި މީހުންނަށް ފުރަތަމަ ފަރުވާ ދީފައިވަނީ ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައެވެ. މަރުވެފައިވަނީ އިތުރު ފަރުވާއަށް އައިޖީއެމްއެޗް އަށް ގެނައި މީހެކެވެ. އޭނާ މަރުވީ މިއަދު ހެނދުނު 8:35ގައެވެ. 

ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި އެ މީހާގެ ހަށިގަނޑުވަނީ ފިހިފައެވެ. އޭނާ އަށް ފަރުވާދެމުން ގޮސްފައިވަނީ ވެންޓިލޭޓަރުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.