ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް-- ފޮޓޯ: މަޖިލިސް

ރާއްޖޭގެ ސިވިލް ސަރވިސްގެ ދަށުން ފޮރިން ސަރވިސް ވަކިކޮށް، ވަކި ޚިދުމަތެއް ގާއިމުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލުގެ އިބްތިދާއީ ބަހުސް ފަށައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށައެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމްއެވެ.

'ދިވެހި ރާއްޖޭގެ ފޮރިން ސަރވިސްގެ ބިލު'ގެ ނަމުގައި މި ފަދަ ބިލެއް ހުށައެޅީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަރުދަނާކޮށް، ބައިނަލްއަގްވާމީ ގޮތުން ފެންވަރު ރަނގަޅު މިންގަނޑަށް ފެއްތުމަށްޓަކައި ބޭނުންވާ ޚައްސަ ތަމްރީމާއި ހުނަރާއި ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލް ފޮރިން ސަރވިސްއެއް ބިނާކުރުމަށްޓަކައި ވަކި ޚިދުމަތެއް ގާއިމުކުރުމެވެ. އަދި މި ބިލުގައި އެ ޚިދުމަތް ރޭވިފައިވާ ގޮތާއި، އެ ޚިދުމަތް ހިންގުމާއި ގުޅޭ އުސޫލުތަކުގެ އިތުރުން އެ ޚިދުމަތުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ގުޅޭ އުސޫލުތައް ވެސް ބަޔާންކޮށްފައިވެއެވެ.

މި ބިލު ގާނޫނަކަށްވެ، އަމަލުކުރަން ފެށުމާއި އެކު ސިވިލް ސަރވިސްގެ ދަށުން މިނިވަން ވާނެއެވެ.

މި ބިލުގައި ބަޔާންކޮށްފައިވަނީ ރާއްޖޭގެ ޚާރިޖީ ސިޔާސަރު ކަނޑައަޅާ ހިންގައި، އަދި އެ ސިޔާސަރު ހިނގާ ނުހިނގާގޮތް ބެއްލެވުމުގެ އެންމެ އިސްވެރިއަކީ ރައިސުލްޖުމްހޫރިއްޔާ ކަމަަށެވެ. އަަދި ރައީސް އަންގަވާ ގޮތެއްގެ މަތިން ފޮރިން ސަރވިސްގެ އެންމެހާ ކަންކަމެއް ހިންގަވާ އެންމެ އިސްވެރިއަކީ ފޮރޮން މިނިސްޓަރ ކަމަށެވެ.

ވަޒީރުގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ބިލުގައި ކަނޑައަޅާފައިވާ ކަންކަމަށް ބަލާއިރު، ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި ގުޅޭ ގޮތުން ރައީސަށް ލަފާއެރުވުމާއި ރާއްޖޭގެ މިނިވަންކަމާއި ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުމުގައި އާއި ބައިނަލްއަގްވާމީ މުޖުތަމައުގައި ގައުމީ ސިޔާދަތަށް އޮތް އިހުތިރާމް ކުރުމަށް ކުރެވޭ މަސައްކަތުގައި ވެސް ރައީސަށް ލަފާ އެރުވުން ވެސް ހިމެނެއެވެ. މީގެއިތުރުން ބޭރުގެ ދައުލަތްތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި މުއާމަލާތްކުރުމުގައި ދިވެހި ދައުލަތް ތަމްސީލުކުރައްވާނީ ވެސް މިނިސްޓަރެވެ.

މި ބިލުގައި ގާނޫނުގައި އެކަށައަޅާފައިވާ މަގާމުތަކުގެ އިތުރުން މިނިސްޓްރީގެ ހިންގުމަށް އިތުރު މަގާމުތަކެއް ބޭނުންވާކަމަށް މިނިސްޓަރަށް ގަބޫލުކުރެވިއްޖެ ނަމަ، އިތުރު މުވައްޒަފުން މަސައްކަތަށް ނެރުމުގެ ބާރު މިނިސްޓަރަށް ލިބޭ މައްދާއެއް ވެސް ހިމަނާފައިވެއެވެ. އެހެންނަމަވެސް މުވައްޒަފުން އިތުރުކޮށް އުނިކުރެވޭނީ ރައީސް އޮފީހަށް ހުށައަޅައިގެން ފާސްވުމުންނެވެ.

ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ ފެށުނީއްސުރެވެސް ވަކި ޤައުމަކަށް ބުރެ ނުވެ، ދަމަހައްޓަމުން އައި ހާރިޖީ ސިޔާސަތެކެވެ. ރާއްޖޭގެ ވެރިކަންތައް އެތަކެއް ވެރިންނެއް، އަދި އެ ވެރިކަންތަކުގައި ހާރިޖިއްޔާ ހިންގެވުމުގައި އެތަކެއް ވާޒީރުންނެއް ތިއްބެވިއިރުވެސް އެ ސިޔާސަތު އެގޮތުގައި ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.