ކޮވިޑް 19 ޖެހިގެން އަނެއްކާވެސް މީހަކު މަރުވެއްޖެ. އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި މަރުވެފައިވަނީ 75 އަހަރުގެ މީހެކެވެ.

މިއީ ފިރިހެނެއް ކަމަށްވާއިރު އޭނާ މަރުވެފައިވަނީ މިއަދު 07:49 ހާއިރު ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައިވެއެވެ. އެ މީހާ މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނިކޮށެވެ.

މިއީ ރާއްޖެއިން ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި 47 ވަނަ މީހާއެވެ. މި ދުވަސްވަރު ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވާ މީހުންގެ އަދަދު އެހެން މަސްތަކާއި ބަލާއިރު އިތުރުވި ނަމަވެސް ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ ތިރިކުރެވިފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.