ބެލްޖިއަމްގެ ތޯގަން ހަޒާޑް ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ : ފޮޓޯ: ޔުއެފާ

ޔުއެފާ ޔޫރޯ ގެ ކުއާޓާ ފައިނަލުން ދުނިޔޭގެ އެއްވަނައިގައި މިވަގުތު ރޭންކް ކުރެވިފައި އޮތް ބެލްޖިއަމް ޖާގަ ހޯދައިފިއެވެ.

ކުއާޓާގެ ޖާގައެއް ބެލްޖިއަމް ހޯދީ ސްޕެއިންގެ ސެވިއްޔާގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު ދެވަނަ ބުރުގެ މެޗު 1-0 އިން ކާމިޔާބުކޮށްގެންނެވެ. ދެވަނަ ބުރުގެ ޖާގައެއް ބެލްޖިއަމް ހޯދީ ގްރޫޕް ފިޔަވަހީގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް އެއްވަނަ ޓީމުގެ ގޮތުގައެވެ. ޕޯޗުގަލް ދެވަނަ ބުރުގެ ޖާގައެއް ހޯދީ ގްރޫޕް އޮފް ޑެތު ގެ ދެވަނަ ހޯދައިގެންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ފެށިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ހަމަލާ އުފެއްދުމުގައި މެޗުގެ ކުރީކޮޅު ކުރި ހޯދީ ޕޯޗުގަލްއިންނެވެ. އެގޮތުން ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ހިލޭ ޖެހުމެއް ބެލްޖިއަމްގެ ކީޕަރު ކޯޓުއާ ވަނީ ދިފާއުކޮށްފައެވެ. މެޗުގެ ކުޅުން ކުރިޔަށް ދިޔަ ވަރަކަށް ބެލްޖިއަމްއިން މެޗުގެ ތެރެއަށް ވަދެ ހަމަލާ އުފައްދަން މަސައްކަތްކޮށްފައިވެއެވެ. ނަތީޖާއެއްގެ ގޮތުން 42 ވަނަ މިނެޓުގައި ތޯގަން ހަޒާޑް ވަނީ އެޓީމަށް ލީޑު ނަގައިދީފައެވެ. އޭނާ މި ލަނޑު ޖެހީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ބެލްޖިއަމް އިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގެ ކުރީކޮޅު ކެވިން ޑެބްރައިނާއަށް އަނިޔާވެ ބާލަން ޖެހުމުން އެޓީމަށް ގޮންޖެހުންތަކަކާއި ކުރިމަތިވިއެވެ. ޕޯޗުގަލްއިން އެއްވަރުކުރުމަށް ކުރަމުންދިޔަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އެޓީމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. އެގޮތުން ރުބެން ޑިއާޒްގެ ހަމަލާއެއް ކޯޓުއާ ދިފާއު ކުރިއިރު ރަފައޭލް ގުރޭރޯ ގެ ޝޮޓެއް ވަނީ ދަނޑިއަށް އަމާޒުވެފައެވެ.

މި މޮޅާއެކު ބެލްޖިއަމް ކުއާޓާ ފައިނަލުގައި ނުކުންނަން ޖެހޭނީ އިޓަލީއާ ދެކޮޅަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.