ރާއްޖޭގެ އެންމެ ފުރަތަމަ ވަރޗުއަލް ރިއާލިޓީ ކެފޭ، "ވީއާރް ކެފޭ" ހާފް ޓޯން މޯލްޑިވްސްގެ ފަރާތުން ގައުކޮށީގައި ހުޅުވައިފިއެވެ. މި ކެފޭ ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަހުމަދު މަޚުލޫފެވެ.

މި ކެފޭ ހުޅުއްވައިދެއްވުމަށްފަހު ވާހަކަ ދައްކަވަމުން، ކެފޭ އަކީ ހަމައެކަނި ކޮފީ ބޯލާ ތަނަކަށް ވުމުގެ ބަދަލުގައި އިޖްތިމާއީ ގުޅުން ވަރުގަދަ ކުރާ ތަނަކަށް ވާންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި، ވަރޗުއަލް ރިއާލިޓީގެ ދާއިރާ ރާއްޖޭގައި ފުޅާކުރަންޖެހޭކަން ފާހަގަކޮށް، އޭގެ ސަބަބުން ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާވެސް ކުރިއަރައިގެން ދާންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

ހާފް ޓޯން މޯލްޑިވްސް އިން މައުލޫމާތު ދީފައިވާ ގޮތުގައި މި ކެފޭގައި އިންޑޯ އަދި އައުޓްޑޯ ބައެއް ހިމެނޭނެއެވެ. މި ކެފޭގެ އިންޑޯ އޭރިއާގައި ވީއާރް ގޭމް އޭރިއާއެއްގެ އިތުރުން އަރާމުކޮށްލުމަށްވެސް ސަރަހައްދެއް ހާއްސަ ކުރެވިފައިވެއެވެ. ކެފޭގެ އައުޓްޑޯ އޭރިއާ ހާއްސަ ކުރެވިފައިވަނީ ޑައިނިންގ އަށެވެ. 

މީގެއިތުރުންވެސް، މި ކެފޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ވަނީީ މަނާކޮށްފައެވެ. މިއީ ރައްޓެހިންގެ އިތުރުން އާއިލާތަކަށްވެސް ވަގުތު ހޭދަކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ބޭނުމުގައި ފަހި ޓޯން އިން ނިންމި ނިންމުމެކެވެ. 

މި ކެފޭގައި ގާއިމްކޮށްފައިވާ ވީއާރް ގޭމިންގ ސިސްޓަމް ތަކަކީ މި އިންޑަސްޓްރީގައި ދުނިޔޭގެ އެންމެ ކުރީގައި އުޅޭ ދެ ބްރޭންޑްގެ ގޭމިންގ ސިސްޓަމް ތަކެކެވެ. ކޮވިޑް-19 ގެ މި ހާލަތުގައި ރައްކާތެރިކަމާއެކު ގިނަ ބޭފުޅުންނަށް ފުރުސަތު ފޯރުކޮށްދިނުމުގެ ގޮތުން، ކޮންމެ ފަރާތެއް ނިމުމަށްފަހު ވާއާރް އިކުއިޕްމެންޓްސް ސެނިޓައިޒްކުރެވޭނެކަމަށް ހާފް ޓޯން އިން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.