ދިވެހިރާއްޖެ ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ) އޭނާގެ ކެރިއަރު ފެށި ކްލަބް ވެލެންސިއާ އަށް އަލުން އަނބުރާ ސޮއިކޮށްފިއެވެ. 

އުމުރުން އެންމެ 16 އަހަރުގައި ވެލެންސިއާގެ ރީނދޫ ޖާޒީގައި ދަގަނޑޭ ނުކުތީ 2001 ވަނަ އަހަރުގެ ޕޮމިސް ކަޕްގެ މެޗަކަށެވެ. ކެރިއަރު ފެށިގޮތަށް ރާއްޖޭގެ އެންމެ އުހަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި ދަގަނޑޭ ޖެހިލިއިރު އޭގެ ފަހުން އޭނާއަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ ލަގަބު ލިބިފައިވާ ކުޅުންތެރިޔެކެވެ. 

2005 ވަނަ އަހަރު ވެލެންސިއާ ދޫކޮށް ނިއު ރޭޑިއަންޓަށް ބަދަލުވެ އެ ކްލަބްގައި ކާމިޔާބު ދުވަސްތަކެއް އޭނާ ހޭދަކުރިއެވެ. އަދި ބްރޫނާއީގެ ކްލަބަކަށް ވެސް ދަގަނޑޭ ކުޅުނުއިރު އޭނާ ވަނީ 2008 ވަނަ އަހަރު އޭރުގެ ރެކޯޑް ފީއަކަށް ނިއު ވީބީ ސްޕޯޓްސް ކްލަބަށް ބަދަލުވެ އެ ކްލަބާއެކު ގިނަ މުބާރާތްތަކެއް ކާމިޔާބުކޮށްފައެވެ. 

އަދި 2012 ވަނަ އަހަރު ނިއު ރޭޑިއަންޓަށް ކުޅެ އޭގެ ދެ އަހަރު ފަހުން މެލޭޝިއާގެ ޕީޑީއާރުއެމްއަށް ބަދަލުވެ އެގައުމުގައި ކުޅޭ އެންމެ މޮޅު ބޭރު ކުޅުންތެރިޔާގެ މަގާމު ހޯދިއެވެ. 2016 ވަނަ އަހަރު ރާއްޖެ އައިސް މާޒިޔާއާއެކު އޭނާ ލީގު ކާމިޔާބުކުރުމަށްފަހު ނިއު އާއި ގުޅުނެވެ. އަދި އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލުމަށްފަހު ޓީސީއާއި ގުޅުނުއިރު އެ ޓީމަށް ދިވެހި ޕްރިމިއަރ ލީގު ކާމިޔާބުކޮށްދިނުމުގައި ދަގަނޑޭ މުހިންމު ރޯލެއް އަދާކުރިއެވެ. އަދި ގްރީން ސްޓްރީޓްސްގައި ކުޅުމަށްހު އޭއެފްސީ ކަޕް ކުޅުމަށް ޓީސީއަށް ދަގަނޑޭ ސޮއިކުރިއެވެ. 

ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް 6 ފަހަރު ހޯދާފައިވާ ދަގަނޑޭ ވަނީ އޭނާގެ ކެރިއަރުގައި 473 ލަނޑު ޖަހާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.